އުމްރާގެ އަޅުކަމަށް 7726 މީހަކު މައްކާ އަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ޑިސެމްބަރު މަހާއި އަންނަ ޖެނުއަރީ މަހު 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދާނެ ކަމަށެވެ.
އަދި މިއަދު އުމްރާ ވެރިން ފުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުމްރާގެ އަޅުކަމަށް އުމްރާވެރިން މިއަދު ފުރަން ފަށާފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން 6،373 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ބުނީ ޑިސެމްބަރު މަހު އުމްރާގެ އަޅުކަމަށް އެންމެ ގިނައިން މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުން ކަމަށެވެ.
އެގޮތުން އެ ގްރޫޕުން ވަނީ 830 އަށްވުރެ ގިނަ މީހުން ގެންގޮސްފަ އެވެ.
އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު އެޖެންޓުން މެދުވެރިނުވެ އަމިއްލަށް ހުރިހާ ހުއްދައެއް ފަސޭހަކަމާ އެކު ހޯދޭނެ "ނުސުކް އުމްރާ" ހިދުމަތް ސައޫދީ ސަރުކާރުން ފަށާފައިވެ އެވެ.
މި ހިދުމަތުގެ ދަށުން އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުން ނުސުކް އިލެކްޓްރޯނިކް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމުން އިތުރު އެޖެންޓެއް މެދުވެރިނުވެ ހުއްދަ ލިބޭނެ އެވެ.
ސައުދީގެ ހައްޖާ އުމްރާ މިނިސްޓްރީން ބުނީ އެ ހިދުމަތުގެ ބޭނުންހިފައި އުމްރާއަށް ދާ މީހުންގެ ކަންކަން މިނިސްޓްރީން ބަލަހައްޓާނެ ކަމަށެވެ. އަދި އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
"ނުސުކް އުމްރާ"ގެ ސަބަބުން އުމްރާވެރިންނަށް ފަސޭހަކަމާއެކު އަމިއްލައަށް ދަތުރު ރާވައިލެވޭނެ އެވެ. އެ ސައިޓް މެދުވެރިކޮށް ވިސާ ހޯދައި އެހެނިހެން ހިދުމަތްތައް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ތަނަވަސްވެގެން ގޮސްފަ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2