އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އުފައްދާ ޓީވީ ސީރީޒް 'ހިމޭން އަޑު' އިފްތިތާޙުކުރުން. ފޮޓޯ: އަމްފާ
ގެވެށި އަނިޔާ (ޑޮމެސްޓިކް ވައިލަންސް) އާއި ވަކި މިންތިއަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާ (ޖެންޑަރބޭސްޑް ވައިލަންސް) އަށް އަމާޒުކޮށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އުފައްދާ ޓީވީ ސީރީޒް 'ހިމޭން އަޑު' އިފްތިތާޙު ކޮށްފިއެވެ. މި ސީރީޒް އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި ކިންގް ސަލްމާން މިސްކިތުގެ ހޯލުގައި އާދީއްތަ ދުވަހު ބޭއްވި ޙަފްލާއެއްގައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އަމްފާގެ ރައީސް ޑރ އިބްރަހިމް ޙަސަން ވިދާޅުވީ، އިޖުތިމާޢީ ބޮޑު މައްސަލައަކަށް ރާއްޖޭގައި ވެފައިވާ ގެވެށި އަނިޔާއާއި ވަކި މިންތިއަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާގެ މައްސަލަތަކަށް އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ކޮންމެވެސް ހައްލެއްހޯދާދެވޭތޯ، މިދިޔަ އަހަރު ޖުލައިމަހު ކުރަން ފެށުނު މިމަސައްކަތުގެ ނަތީޖާއަކަށްވީ 11 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ވުޖޫދުވުން ކަމަށެވެ.
އެސް.އެސް. މީޑިޔާއާއި ގުޅިގެން ތައްޔާރުކުރާ މި ސިލްސިލާގެ ތަފްޞީލުތައް ހާމަކޮށްދެއްވަމުން، މި ސިލްސިލާގެ ކޯޑިނޭޓަރު އަމީނާ މުޙަންމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި 15 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެނަކުން އެކަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަޙައްމަލް ކުރާބައެއްކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ކޮންމެ ހަތަރު އަންހެނެއްގެ ތެރެއިން އެކަކަށް މިއަނިޔާ ލިބެނީ އޭނާއާއި ގާތްގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ކަމަށާއި، ބައެއް ހާލަތުތަކުގައި އަނިޔާ ކުރުމަކީ ރަގަޅު ކަމެއްކަމަށް ރާއްޖޭގެ އަންހެނުންގެ އާބާދީގެ 26 އިންސައްތަ މީހުން ޤަބޫލް ކުރާ ކަންވެސް ދިރާސާތަކުން ހާމަވެފައިވާ ކަމަށް އަމީނާ ވިދާޅުވިއެވެ.
'ހިމޭން އަޑު' ގެ މައިގަޑު މަޤްސަދަކީ މިމަޢުޟޫއާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި، މިކަމާއި ދޭތެރޭ އާންމުން ދެކޭގޮތާއި، ދިވެހިންގެ އާދަކާދައާއި މިކަމާއިހުރި ގުޅުމާއި، ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި، ދީނުގައި އަންގަވާފާ އޮންނަ ގޮތާއި، ޒުވާނުންގެ ވިސްނުމާއި، މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި އެކަމަށްހުރި މަގުތަކާއި ބެހޭ މަޢުލޫމާތު އާންމުންނާއި ހިއްޞާކުރުމެވެ. މީގެ އިތުރުން، މި ޓީވީ ސީރީޒްގައި ގެވެށި އަނިޔާ ނުވަތަ ވަކިމިންތިއަކަށް ނިސްބަތްވީތީ ލިބޭއަނިޔާގެ ޝިކާރައަކަށްވާ މީހުނަށް ލިބެންހުރި ޚިދުމަތްތަކާއި މިކަމާގުޅޭ ސިޔާސަތުގެ މައްޗަށް ވެސް އަލިއަޅުވާލާނެއެވެ.
އެސް.އެސް.މީޑިއާއިން 'ހިމޭން އަޑު' ދައްކަންފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ.
އާދީއްތަ ދުވަހުގެ ޙަފްލާގައި އަމްފާއިން ވަނީ 'ހިމޭން އަޑު' ސީރީޒްގެ ދެ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ދެ އިންފުލުއެންސަރުން ވެސް އިޢުލާން ކޮށްފައެވެ. އެއީ ހައްވާ ލީޝް އާއި ހުސެން ޝާޑުއެވެ.
އަމްފާއިން ބުނީ މި ސިލްސިލާ އުފައްދާފައިވަނީ ސަރުކާރުގެ ކަމާއިގުޅުންހުރި ވުޒާރާތަކާއި އޮފީސްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި އަދި އެތައް ބައިވަރު އަމިއްލަ ފަރުދުންގެ އެހީތެރިކަމާއި އެކުގަކަމުގައިކަމަށެވެ. މީގެ އިތުރުން އޮސްޓްރޭލިޔާގެ ހައިކޮމިޝަންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް އެ ޖަމުޢިއްޔާއިން ފާހަގަކުރިއެވެ. އެގޮތުން، 'ހިމޭން އަޑު' އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ އިތުރުން މިމަސައްކަތުގެ އެއްމެ މުހިއްމު އެއް ބައިވެރިޔާ ކަމުގައިވާ އެސް.އެސް.މީޑިއާ އާއި މުހިންމު ދައުރެއް އަދާކުރާ ޔޫ.އެން.އެފް.ޕީ.އޭ އާއި ޝީގެ ފަރާތުން ވެސް ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) އަކީ، އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުމުގައި 2024 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ މަދަނީ ޖަމުޢިއްޔާއެކެވެ.
0%
0%
0%
0%
0%
19 މާރިޗު 2026
0
7 މާރިޗު 2026
0
7 މާރިޗު 2026
0
5 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2