ކުރިއަށް އޮތް 2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު (2026 އެޕްރީލު 4 ވަނަ ދުވަހު) ކުރިއަށްދާތީއެވެ. އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީ، އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމަށް ލުއިފަސޭހަ ކޮށްދިނުމަކީ މި ނިންމުމުގެ މައިގަނޑު މަގުސަދެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ މަސައްކަތްތަކަށް ވަގުތު ބޭނުންވާތީ، އެޕްރީލު މަހުގެ 5 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އިންތިޚާބަށް ފަހުގައިވެސް އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ، އެޕްރީލު 6 ވާ ހޯމަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
މި ނިންމުމާ ގުޅިގެން، އިންތިޚާބުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި ވޯޓު ގުނުމުގެ ކަންކަން ނިންމުމަށް އިތުރު ފުރުޞަތު ލިބިގެންދާނެއެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުވައްޒަފުންނަށް މަސައްކަތްތައް ނިންމުމަށްފަހު އަރާމުކުރުމަށްވެސް މި ބަންދުގެ ސަބަބުން ލުޔެއް ލިބޭނެއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
5 ދުވަސް ކުރި
0
19 މާރިޗު 2026
0
7 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2