ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ނުކުރެވުނުއިރު، އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތަކެއް އިދިކޮޅު އެމްޑީޕީން ކަށަވަރުކޮށްފިއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި، މިހާރުވެސް އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގު ވަނީ ބޮޑު ތަފާތަކުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. މީގެ އިތުރުން، ކައުންސިލް މެމްބަރު ކަމަށް އެމްޑީޕީން ވާދަކުރި ހަތް ގޮނޑިވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އެމްޑީޕީން ކެންޑިޑޭޓަކު ކުރިމަތިނުލަނީ ހަމައެކަނި ދަޑިމަގު ދާއިރާއަށެވެ. އެ ދާއިރާއަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ސިޓީ ކައުންސިލް މެމްބަރު ބަލިކޮށް، އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. މިއާއެކު، ފުވައްމުލަކު ސިޓީ ކައުންސިލަކީ ރާއްޖޭގެ ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ނުލިބުނު ހަމައެކަނި ކައުންސިލަށް ވަނީ ވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަތީޖާއަށް ބަލާއިރު، ޖުމްލަ ނުވަ ގޮނޑީގެ ތެރެއިން ހަތް ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއެވެ. ބާކީ އޮތް ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީއެންސީއަށް ލިބުނުއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ހިނގަމުންދާ ފުވައްމުލަކު ސިޓީ ކައުންސިލްގައި ޕީއެންސީގެ ދެ މެމްބަރުން ތިއްބަވައެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް ކައުންސިލްގެ އެއްވެސް ގޮނޑިއެއް ދިފާއެއް ނުކުރެވުނެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
5 ދުވަސް ކުރި
0
19 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2