9 ގަޑިއިރު ކުރި
މަޝްހޫރު ބޭންޑް "ޓޫއޮފްއަސް" އިން ޖައިޝަމް އާއި ހިޝާމް ވަކިވެއްޖެ އެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ޓޫ އޮފް އަސް އިން ޖައިޝަމް އާއި ހިޝާމް ވަކިވިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނީ ބޭންޑުން ވަކިވާން ނިންމި ނިންމުމަކީ އުދަނގޫ ނިންމުމެއް ކަމަށެވެ.
ނަމަވެސް ދެފުށް ފެންނަ ގޮތަކަށް ފައިސާގެ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ބޭންޑާއެކު އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށް ބަޔާނުގައި ބުންޏެވެ.
''ޕޮސިޓިވް އެކްސްޕީރިއަންސެއްގެ ގޮތުގައި ފެށި އެ ތަޖުރިބާ މަޑުމަޑުން ޗެލެންޖިން އެކްސްޕީރިއަންސަކަށް ބަދަލުވި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް މުޅިން އެކެއްގެ ކޮންޓްރޯލުގެ ދަށަށް ބޭންޑް ދިޔަ'' ބަޔާނުގައި ބުންޏެވެ.
ޕްރޮފެޝަނަލް ކުރިއެރުމަށް އެއްވެސް ފުރުސަތެއް ނެތުމާއި ބޭންޑުގެ މެންބަރުންގެ މެދު އިހުތިރާމެއް ނެތުމުގެ ސަބަބުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެ ގޮންޖެހުންތަކާ އެކުވެސް ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގައި ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ޓޫ އޮފް އަސް އިން ޖައިޝަމް އާއި ހިޝާމް ވަކިވެފައިވާއިރު، އެ ބޭންޑުގެ ވޯކަލިސްޓުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނަސޫހުވެސް ވަނީ މިދިޔަ އަހަރު ފަހުކޮޅު ބޭންޑުން ވަކިވެފަ އެވެ.
އަދި ދެފުށް ފެންނަ ގޮތަކަށް ފައިސާގެ ކަންކަން ނުބެލެހެއްޓުމުގެ އިތުރަށް ހޯދާފައިވާ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ވެސް ނުކުރާ ކަމުގެ ތުހުމަތާއެކު ޓޫއޮފްއަސް"ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ވެސް ވަނީ ބޭންޑުން ވަކިވެފަ އެވެ.
ފަސް މެންބަރުން ހިމެނޭހެން އުފެއްދި ޓޫ އޮފް އަސް ގައި މިހާރު ތިބި ދެ މެންބަރުންނެވެ. އެއީ އަހްމަދު އަދުހަމް އާއި އަބްދުﷲ ޝަމްރޫހު އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2