ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެރަށުގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:10 އެހައިކަންހާއިރުއެވެ. އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އޮޔާދިޔަ ދެ ކުދިންގެ ބައްޕަ ކަމަށް އެނގިފައިވެއެވެ. އޭނާ މޫދަށް ފޭބީ އޮޔާ ދަމައިގަތް އޭނާގެ ދެ ދަރިން ސަލާމަތް ކުރުމަށްޓަކައެވެ. ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި އޭނާގެ ހާލު ދެރަވެ މަރުވީއެވެ.
މި ހާދިސާގައި އޮޔާދިޔަ ދެ ކުދިން ވަނީ ސަލާމަތް ކުރެވިފައެވެ. އަދި އެ ދެ ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
19 މާރިޗު 2026
0
7 މާރިޗު 2026
0
7 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2