އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު އެޖެންޓުން މެދުވެރިނުވެ އަމިއްލަށް ހުރިހާ ހުއްދައެއް ފަސޭހަކަމާ އެކު ހޯދޭނެ "ނުސުކް އުމްރާ" ހިދުމަތް ސައޫދީ ސަރުކާރުން ފަށައިފި އެވެ.
މި ހިދުމަތުގެ ދަށުން އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުން ނުސުކް އިލެކްޓްރޯނިކް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމުން އިތުރު އެޖެންޓެއް މެދުވެރިނުވެ ހުއްދަ ލިބޭނެ އެވެ.
ސައުދީގެ ހައްޖާ އުމްރާ މިނިސްޓްރީން ބުނީ އެ ހިދުމަތުގެ ބޭނުންހިފައި އުމްރާއަށް ދާ މީހުންގެ ކަންކަން މިނިސްޓްރީން ބަލަހައްޓާނެ ކަމަށެވެ. އަދި އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
The Ministry of #Hajj and #Umrah has announced the launch of the #Nusuk Umrah direct Umrah initiative, which allows those wishing to perform Umrah to apply directly through approved electronic platforms, without the need to go through external offices. Informational materials can… pic.twitter.com/fXX5WGP5d6 — السفارة في المالديف 🇸🇦 (@KSAembassyMV) November 4, 2025
"ނުސުކް އުމްރާ"ގެ ސަބަބުން އުމްރާވެރިންނަށް ފަސޭހަކަމާއެކު އަމިއްލައަށް ދަތުރު ރާވައިލެވޭނެ އެވެ. އެ ސައިޓް މެދުވެރިކޮށް ވިސާ ހޯދައި އެހެނިހެން ހިދުމަތްތައް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ތަނަވަސްވެގެން ގޮސްފަ އެވެ.
އެ ހިދުމަތް އިފްތިތާހުކޮށްފައި ވަނީ ސައުދީގެ ދުރު ރާސްތާ ތަރައްގީގެ ވިސްނުން "ސައުދީ ވިޝަން 2030"ގެ ދަށުންނެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2