ރަސްދޫގައި ފިހުނު ސާމިން
އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
އެ ހާދިސާގައި ފިހުނީ އެ ރަށު އަލީ ސާމިން ނަމަކަށް ކިޔާ މީހެކެވެ.
ސާމިންގެ އެކުވެރިޔަކު "ކުރިއަށް މީޑިއާ" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، ސާމިން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ އިންޑިއާގެ އެސްޓާ މެޑިސިޓީ ގެ އައިސީޔޫގައި ކަމަށެވެ.
"ހުން އަންނާތީ އަދި އިތުރު ފަރުވާއެއް ނުދޭ. ޑޮކްޓަރުން ބުނަނީ އިންފެކްޝަންގެ ސަބަބުންނޭ ހުން އަންނަނީ." އޭނާ ބުންޏެވެ.
ސާމިންގެ ހަށިގަނޑުގެ 70 ޕަސަންޓު ފިހިފައިވާއިރު، އޭނާގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެކުވެރިޔާ ކިޔައިދިނެވެ.
"މިހާރު ވާހަކަ ދެއްކޭ. ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަނީ" އޭނާ ބުންޏެވެ.
އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.
ރަސްދޫ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ސާފެއް ނޫނެވެ.
ފުލުުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ސާމިންއަށް މި ވަގުތު ބޭނުންވަނީ ހެޔޮ ދުއާއާއި އާއްމުންގެ ދީލަތި އެހީއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0