މަހާޒު އަލީ ޒާހިރު/ ފޮޓޯ: އަވަސް
ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒަހީރު އެ މަގާމަށް އައްޔަން ކުރަން އެކަށީގެންވާ ވޯޓު ނުލިބުމުން ފާހެއް ނުވި އެވެ.
މަޖިލީހަށް ރައީސް މުއިއްޒު 6 ނަމެއް ފޮނުއްވި އެވެ.
ތަޅުމުގައި ނެގި ވޯޓުގައި ޓެކްސް ޓްރިބިއުނަލްގެ މެންބަރު ކަމަށް މަހާޒު އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދިނީ 4 މެންބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް 41 މެންބަރަކު ވޯޓު ދެއްވި އެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ޓްރިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރަން ފާސްވީ ބ. ތުޅާދޫ/ ގުލްބަހާރުގެ، އިބްރާހިމް އަފީފް އާއި ދ. މީދޫ/ އަކިރިވިލާ، ޝައުފާ އިބްރާހިމް އެވެ.
ޓެކްސް ޓްރިބިއުނަލްގެ މެންބަރު ކަމަށް މަހާޒު އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒު ވަކިކުރީ މި އަހަރުގެ މޭ 14 ވަނަ ދުވަހު މަޖިލީހުގައި ނެގި ވޯޓަކުންނެވެ.
މަހާޒު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގަ އެވެ.
އެކަމަކު އެ ތުހުމަތުތައް ދެބޭފުޅުން ވަނީ ދޮގުކޮށްފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0