މަހާޒު އަލީ ޒާހިރު ـ ފޮޓޯ: ރާއްޖެ އެމްވީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރު ވަކިކުރީ ބަންދު އަމުރަކަށް ނުފޫޒު ފޯރުއްވި ކަމުގެ ތުހުމަތުގަ އެވެ. އޭނާ ސަސްޕެންޑްކުރަނީ މަޖިލީހުގެ މަސްލަހަތު އޮތް މައްސަލައެއްގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެ ދުވަހު ސަރުކާރުގެ މެންބަރުންނަށް މަހާޒު ވަނީ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑުން ބޭރުވެފަ އެވެ. އަނެއް ބަޔަކަށް މަހާޒު ވަކިކުރީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާތީ އެވެ.
އެންމެ މަތީ މަރުހަލާގެ ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު ވަކިކުރަނީ 4 މެއި 2025ގަ އެވެ. އަދި މިވީ 5 މަހާއި ތިން ދުވަހެވެ. އަހަރެއް ވެސް ނުވެ އެވެ. މިއަދު މަޖިލީހުގެ ކޮމިޓީއަކަށް އޭނާ ވަޑައިގަތީ މަގާމަކަށް އެދިވަޑައިގެންނެވެ. ކުރިމަތިލެއްވީ ޓެކްސް ޓްރައިބިއުނަލްގެ މެންބަރު ކަމަށެވެ.
މީގެ ހެއްވާ ކަމަކީ ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓުގައި ވެސް އެންމެ އިސްކޮށް ފުރަތަމަ ނަންބަރުގައި އޮތީ މަހާޒުގެ ނަމެވެ.
އެ ކޮމިޓީ ފެށުނު ވަގުތު އެންމެ ބޮޑަށް އެނގެން ބޭނުންވީ ވެސް މަހާޒު 'މަގުމަތިކޮށްލި' ވެރިކަމެއްގައި އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމުން މި ވަރުގެ މަގާމަކަށް ކުރިމަތިލެއްވި ސަބަބެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައެއް މެންބަރުން ކުރެއްވީ ވެސް އެ ސުވާލެވެ. އެއަށް ވަރަށް ހެއްވާ ޖަވާބެއް ވެސް މަހާޒު ދެއްވި އެވެ.
މަހާޒު ކޮންމެ ދުވަހަކު ސަރުކާރުގެ ގެޒެޓް ބައްލަވަ އެވެ. ކުރިމަތިލާނެ ބަޔަކު ބުނެގެން ޓެކްސް ޓްރައިބިއުނަލްގެ މަގާމަށް އެކި ފަހަރުމަތިން އިއުލާންކޮށްފައި ހުއްޓާ ފެނުނީ އެވެ. އެހެންވެގެން އެ ތަން ތަޖުރިބާކޮށްލަން އޭނާ ބޭނުންފުޅުވީ އެވެ.
"ޓެކްސް އެޕީލް ޓްރަބިއުނަލްއަށް އިއުލާންކޮށްފައި، އަޅުގަނޑު ހަނދާން ވަނީ ހަތަރުވަނަ އިއުލާން ކަންނޭނގެ، އަޅުގަނޑު ކުރިމަތިލީ. ހަތަރުވަނަ ފަހަރަށް އިއުލާން ފެނުނީމަ އަޅުގަނޑު ހިތަށް އެރީ، މީހަކު ނުވެގެންބާވައޭ މި އުޅެނީ،" މަހާޒު ވިދާޅުވި އެވެ.
ކޮމިޓީގެ ތެރެއިން މަހާޒުގެ ސުލޫކީ މައްސަލައިގެ ވާހަކަ ވެސް އައެވެ. އައްޑޫ ފޭދޫ ދާއިރާގެ އިސްމާއީލް ނިޒާރު ސުވާލުކުރެއްވީ އެއް ފަހަރު އެ ކޮމިޓީން ވެސް މަހާޒު ވަކިކުރަން ނިންމި އިރު މަހާޒަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަމާ ގުޅޭ ގޮތުންނެވެ.
މަހާޒު ވިދާޅުވީ އެ ދުވަހު ވެސް އޭނާއާ މެދު ގޮތްތަކެއް ނިންމީ ލިބިފައި ހުރި ހެކިތަކުގެ މައްޗަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއްބާރުލުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.
ކޮންމެ އަކަސް އިއްޔެ ތަޅުމުގައި މެންބަރަކު މި ވާހަކަ ދެއްކެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހިމް ވަނީ ހިކުމަތްތެރި ބަސްފުޅެއް ވިދާޅުވެފަ އެވެ. އެއް ދުވަހު ކަމުނުދާ މީހެއް ފަހުން ކަމުގޮސްދާނެ އެވެ. މިއީ ދުނިޔެވީ އާދައެއް ނޫން ހެއްޔެވެ؟
0%
0%
0%
0%
0%
17 ގަޑިއިރު ކުރި
0
19 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0