ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުން ފްލެޓުދީފައިވާ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އިތުރުން އެ ކުލި ނުދެއްކިގެން ޖޫރިމަނާ މައާފުކޮށްދެނީ ދައުލަތަށް ބުރަބޮޑުނުވާނެހެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުން ކުލި ނުދައްކާ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. އެހެން އެކަން އޮއްވައި ހިޔާ ފްލެޓުތަކުގެ މިދިޔަ އަހަރާއި މިއަހަރުގެ ކުލީގެ ޖޫރިމަނާ ސަރުކާރުން މިހާރު ވަނީ މައާފުކޮށްދީފަ އެވެ. ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އަދަދު މިލިއަނަކަށްވުރެ ބޮޑުވާއިރު އެ އަދަދު މާފުކޮށްދިނުމުން ބައެއް މީހުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރޭ، ރައީސް ހުޅުމާލެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ ޖޫރިމަނާ މާފުކޮށްދޭ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެންގޮސްފަ އެވެ. އެގޮތުން ރާއްޖޭގެ ދަރަނި އެހާ ބޮޑުވެފައިވާއިރު ޖޫރިމަނާތައް މާފުކުރުމުން ކުރިއަށް އޮތް ތަނުގައި އޭގެ ނަތީއްޖާ ހިތިވާނެ ކަމަށް ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ބުންޏެވެ.
އެ މީހުންގެ ޝަކުވާ އަޑުއެހުމަށް ފަހު ރައީސް ވިދާޅުވީ، ޖޫރިމަނާ މާފުކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަމާގުޅޭ ގޮތުން ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށާއި އިގްތިސާދަށް ގެއްލުންވާ ގޮތަށް ކަމެއް ނުނިންމާނެ ކަމަށެވެ.
"އޭގެ ބުރައެއް ނާންނާނެ އޮންނަ މިންގަނޑުގެ ތެރެއިން ކުރެވޭ ގޮތަށް ކަން ހަމަ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އެކަހަލަ ކަންބޮޑުވުމެއް ނުބޭއްވުމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2