ހުނަރުވެރި ފޮޓޯގްރާފަރު ނައުޝަމް ވަހީދުގެ ފޮޓޯއެއް ކެނޮން އިން ސްޕޮންސާކުރާ ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްސްގެ ފައިނަލިސްޓުންގެ ތެރޭގައި ހިމެނިއްޖެ އެވެ.
ނައުޝަން ނޮމިނޭޓްވީ ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްސްގެ ހަތް ވަނަ އެޑިޝަންގައި 123 އަށް ވުރެ ގިނަ ގައުމުގެ 4،100 ފޮޓޯގްރާފަރުން ނެގި 23،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވާދަކޮށެވެ.
ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްގެ ފައިނަލިސްޓަކަށް ނައުޝަމް ހުށަހެޅި ފޮޓޯއަކީ ބަހުރައިންގައި އޮތް ޔޫތު އޭޝިއަން ގޭމްސްގެ އަންހެން ކުދިންގެ ރިލޭ ފައިނަލްގައި އޭނާ ނެގި ޔޫއޭއީގެ އެތްލީޓެއްގެ ފޮޓޯ އެވެ.
ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީން ފޮނުވި މެއިލް ފޭސްބުކް ގައި ހިއްސާކޮށް ނައުޝަމް ވަނީ ކުޅިވަރު ފޮޓޯގްރާފަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރަމުން އަންނަ އިމޭޖަސްއެމްވީ އަށް ޝުކުރު އަދާކޮށްފަ އެވެ.
ނައުޝަމް އަށް ޕްރޮފެޝަނަލް ފޮޓޮގްރެފީގެ ތެރެއަށް ވަދެވުނީ 2021 ގެ ސެޕްޓެމްބަރުގައި އިމޭޖާސް ޑޮޓްއެމްވީ އާ ގުޅުނު ހިސާބުންނެވެ. އޭނާގެ މިހާރު މައިގަނޑު މަސައްކަތަކީ އައުޓްޑޯ ފޮޓޯޝޫޓްތައް ބޭއްވުމާއި ވެޑިންގްސް، ކިޑްސްބާތް ޑޭ ޕާޓީސް ފަދަ އިވެންޓްސްތަކަށް ގޮސް ފޮޓޯ ނެގުމެވެ. ފްރީލާންސްކޮށް ވެސް ނައުޝަމް ފޮޓޯ ނަގައިދެ އެވެ.
ނައުޝަމް ވަނީ ބައެއް ފޮޓޯ މުބާރާތްތަކުގައި ވެސް ވާދަކޮށްފަ އެވެ. އަދި ވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން 2022 ގައި ބޭއްވި ޗައިނާ މޯލްޑިވިއަން ޑިޕްލޮމެޓިކް ރިލޭޝަންސް އާޓް އެންޑް ފޮޓޯގްރަފީ މުބާރާތުގައި އޭނާ އެއްވަނަ ނައުޝަމް ހޯދިއިރު 2023 ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފޮޓޯ މުބާރާތުން އެއްވަނަ ހޯދި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
19 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2