ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގައި ދެއްވި ތަޤުރީރެއްގައި، ޒަމާނީ އިސްލާމީ ނަހަޟާއެއްގެ ތަސައްވުރު ހިއްސާކުރައްވައިފިއެވެ. މިއީ އެމަނިކުފާނަށް އެ ޔުނިވަރސިޓީން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީ އެރުވުމަށްފަހު ދެއްވި ތަޤުރީރެކެވެ.
"އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ދެއްވި ތަޤުރީރުގައި ރައީސް މުޢިއްޒު ވަނީ އިސްލާމީ އުންމަތުގެ ސައިންސްވެރިކަމުގެ މީރާސް އާލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ ތާރީޚުގެ ކާމިޔާބީތަކާއި ކުރިމަގުގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
އެމަނިކުފާނުގެ ތަޤުރީރުގައި، އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގައި، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގެ ރޮނގުން އިސްލާމީ ޙަޟާރަތުން ހޯދި ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި އެ ދުވަސްވަރު ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްފައިވާކަން ހާމަކުރެއްވިއެވެ.
ޒަމާނީ ފިކުރީ ނަހަޟާއެއް އުފެއްދުމަށް ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ފެންވަރުގެ ތަޢުލީމީ އަދި ދިރާސީ މަރުކަޒުތަކާއި ޑިޖިޓަލް މަންސަތައް ޤާއިމުކުރުމުގެ މުހިންމުކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި "ސައިންސާއި އަޤީދާއަކީ ތަޢާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖަހައި، އެއީ ކުރިއެރުމުގެ ބިންގައެވެ" ވިދާޅުވިއެވެ.
އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވަމުން، ގިނަ ޤައުމުތަކުގެ ބައިވެރިވުމާއެކު ރިސަރޗް ހަބްތަކާއި އިނޮވޭޝަން އިންކިއުބޭޓަރތައް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެގުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0