ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދަން އެއާޕޯޓްގައި - ފޮޓޯ: އާއިލާ
އޭޕްރިލް 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ގެ އާއިލާއިން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ފުލުހުން ބުނީ ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާ ގައި ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށެވެ.
މިއަދާ ހަމައަށް ވެސް ޔުމްނުގެ އާއިލާއިން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދީފައި ނުވާކަމަށެވެ. އަދި އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުންނަށް އެންގުމަކާއި ނުލާ ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލުކޮށްފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ މެލޭޝިޔާގެ ގާނޫނާއި އެއްގޮތަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އެޕްރީލް 26، ގަ އެވެ. ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ޔުމްނު އަންނަނި ރިކަވާ ވަމުންނެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރައުދު އަހުމަދު ޒިލާލް، 21 އެވެ. އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި އިރު އޭނާ ބަންދު ކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0