ރަސްމީ ކޮންމެ ދުވަހަކު ކޮމިޝަން ބާއްވާ ގޮތަށް ގަވާއިދު ނެރެފި

Yumnu vettun: Rasmee konme dhuvahaku commission baavvaa gothah gavaaidhu nerefi

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އެކުލަވާލި ކޮމިޝަންގެ މީޑިއާ ކޮންފެރެންސް - ފޮޓޯ: ރައީސް އޮފީސް

ހަބަރު

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން ހިންގާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އިއްޔެ ނެރެފި އެވެ.

އިއްޔެ ހަވީރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދުގައި ކޮމިޝަނުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި ގަވާއިދުން ބޭއްވުން ލާޒިމުކޮށްފައި ހިމަނާފައިވެ އެވެ؛

  • ކޮމިޝަނުގެ ބައްދަލުވުން ރަސްމީ ބަންދު ދުވަސް ފިޔަވައި ހަފުތާގެ ފަސް ދުވަހު ބާއްވަން ޖެހޭ
  • ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ތިން މެމްބަރުން ހާޒިރުވެ ތިބެގެން
  • ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިޝަނުގެ އިއްތިފާގުން ނިންމަން މަސައްކަތް ކުރަން ވާނެ
  • އިއްތިފާގު ނުލިބޭ ހާލަތެއްގައި މައްސަލަ ނިންމާނީ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން 
  • މެމްބަރަކު ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން ކޮމިޝަނުގެ ރައީސަށް އަންގަން ޖެހޭ

ކޮމިޝަނުގެ ބައްދަލުވުންތަކުގައި ނިންމުންތައް ކަނޑައެޅިދާނެ ދާއިރާތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެއީ:

  • ކޮމިޝަނަށް ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުން
  • ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމަށް ހުށަހެޅުން
  • ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުން
  • އިތުރު އެހީތެރިކަން ހޯދުމާއި ބަޖެޓަށް އެދުމުގެ ކަންކަން

ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ނަގާނީ ރައީސް އޮފީހުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުމުގެ ކުރިން ހ. ފެންޓެނޯއީގައި އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ މި މައްސަލާގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ރައުދު ހުރި އިރު، ފުލުހުން ފުރަތަމަ ބުނަނީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގުނު ގޮތުގައި އެ ރޭ ޔުމްނުއާއި ރައުދުއާ ދެމެދު 'ހަމަނުޖެހުމެއް' އޮތީ ހިނގައިފަ އެވެ. ރައުދު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ.

ހ. ފެންޓެނޯއީއަށް ދިއުމުގެ ކުރިން ދަތުރުފަތުރު ވަޒީރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީގައި ޔުމްނުއާ އެކު އުޅުނު އިތުރު 7 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އެ މީހުންގެ ކުޑަކަމުދާ ތަކެތި 

މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވަޒީރު އަމީންގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މި ތަންތަނުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

މި މައްސަލާގައި ފުލުހުންގެ މައްޗަށް 'ސިޔާސީ' ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ކޮންމެ ރެއަކުހެން މާލެ މަގުމަތީ ޒުވާނުން ގެންދަނީ މުޒާހަރާކުރަމުންނެވެ. ތަފާތުކުރުމުގެ ސަގާފަތާ ދެކޮޅަށް އަޑުއުފުލަމުން ގެންދިއުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 3ގައި އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0