ފޮޓޯ: ޕޮލިސް
މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ފަތިހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް, ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ޕީޖީ އިން ދައުވާކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވީ މި މަހުގެ 4 ވަނަ ދުވަހުގައެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ނަންބަރު 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ މީހާއަށް އެކަށީގެންވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. ޕީޖީ އިން ބުނީ
ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް ދައުވާ ކުރީ އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީ އިން ބުންޏެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 23ގައެވެ.
މި މައްސަލައިގައި ރައުދު އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24ވަނަ ދުވަހުގެ ރޭގައެވެ. އެ ފަހަރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ 5 ދުވަހެވެ. ފަސްދުވަސް ހަމަވުމުން ދެން ޖެހީ 10 ދުވަހުގެ ބަންދެކެވެ. ދެން ޖެހީ 20 ދުވަހެވެ. އެ ވިހި ދުވަސް ހަމަ ނުވަނީސް އޭނާ ދޫކޮށްލިއެވެ. ހަމަ އެދުވަހު ފުލުހުން އޭނާ ހައްޔަރުވެސް ކުރިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0