ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކުރީން އެއާޕޯޓްގައި - ފޮޓޯ: އާއިލާ
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށްގެންދާ އެއްވެސް ތަހުގީގަކަށް ހުރަސް ނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތި ނުކުރާ ކަމަށް ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން ބުނެފިއެވެ.
ޔުމްނު އަކީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅުމައްޗަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެއްޓިފައި އޮއްވައި ފެނުނު އަންހެން ކުއްޖާއެވެ.
ޔުމްނުގެ އާއިލާއިން މިހެން ބުނީ އެ އާއިލާއިން ފުލުހުންނަށް ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމަށް ބުނެ މެލޭޝިޔާގެ ފުލުހުންގެ އެހީއާއެކު ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވަނިކޮށެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ޔުމްނުގެ ދައްތަ ބުނީ މި މައްސަލައިގައި ފުލުހުން މީޑީޔާތަކަށް މައުލޫމާތު ދިނުމުގައި ކަނޑައެޅިގެން ހަގީގަތާއި ހިލާފު މައުލޫމާތު ދީފައިވާކަން ފަހުން ހާމަވީ މައުލޫމާތުތަކުން އެނގޭކަން ފާހަގަކުރާ ކަމަށެވެ.
ތަހުގީގު ހިންގުމަކާއި ނުލާ ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދީ އަމަލުކޮށްފައިވަނީ ވަކި މަގުސަދެއްގައި ކަމަށް އާއިލާއިން ދެކޭކަމަށްވެސް ބުންޏެވެ.
"ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ނެތްކަމުގައި ވިޔަސް، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމުގެ ގޮތުން ތިޔަ ހިދުމަތުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް ހައްވާ ޔުމްނު ރަޝީދުގެ އާއިލާގެ ފަރާތުން ހުރަސްނާޅާނެކަމަށާއި މިހާތަނަށްވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައިނުވާނެ ކަމުގައި ދަންނަވަން." ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުގެ ބަޔާން ނަގަން ރަސްމީ ގޮތެއްގައި އާއިލާއަށް ނާންގާ ކަމަށާއި އެކަމަށް ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީ ވާނެ ކަމަށް ވެސް ޔުމްނުގެ ދައްތަ ބުންޏެވެ.
ޢާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާކަމަށް ބުނެ ބަޔާން ނެރެފައިވަނީ ޗީފް 2 އިންސްޕެކްޓާރ އޮފް ޕޮލިސް ޑރ.ހަސަން އުމައިރު ޔުމްނުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅު ގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބާއްވާފައިވަނިކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަން ފާހަގަކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ޔުމްނުގެ ދައްތަ ބުނީ:
- ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން ފުލުހުންގެ ފަރާތުން ޢާއިލާގައި އެދިފައިނުވާކަމަށް
- ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުތު އޮތީ ތަހުގީގަށް ބަޔާނެއް ދެވޭ ފަދަ ޙާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުންވެސް އެނގެން އޮތްކަމަށް.
- ޔުމްނުގެ އާއިލާގެ އެންމެ ބޮޑު މަސްލަޙަތެއް މިވަގުތު އޮތީ އޭނާއަށް އެކަށީގެންވާ ފަރުވާލިބިދިނުމާއެކު، އޭނާއަށް އިންސާފު ހޯދުމަށް މަސައްކަތްކުރުމުގައި ކަމަށް،
- މިކަމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފުލުހުންނަށް ދޭންޖެހޭ އެންމެހާ އެއްބާރުލުމެއް ޢާއިލާގެ ފަރާތުން ދޭނެކަމަށް.
ޔުމްނުގެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޔުމްނުގެ އާއިލާއިން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާ ގައި ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށެވެ.
ޔުމްނުގެ އާއިލާއިން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދީފައި ނުވާކަމަށާއި އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުންނަށް އެންގުމަކާއި ނުލާ ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލުކޮށްފައިވާ ކަން ފާހަގަ ކުރިއެވެ.
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އެޕްރީލް 26، ގަ އެވެ. ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ޔުމްނު އަންނަނި ރިކަވާ ވަމުންނެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރައުދު އަހުމަދު ޒިލާލް، 21 އެވެ. އެއީ ވެސް ހާދިސާ ހިނގިތާ ހަފުތާއެއް ފަހުން މީހުންގެ ގިނަ ތުހުމަތުތަކެއް ފުލުހަށް އަމާޒުވެފައި ވަނިކޮށެވެ. އެކި ފަހަރުމަތިން ބަންދު އިތުރުކުރަމުން، އެއް ފަހަރު ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްގެން 5 ދުވަސް ބަންދަށް ޖެހި އެވެ.
މި މައްސަލައިގައި ޔުމްނުއާއެކު އުޅުނު އިތުރު 7 މީހުންގެ ތެރެއިން ރައުދު ފިޔަވައި އެހެން އެންމެން ވަނީ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފައެވެ. އެކަމަށް ފިޔަވަޅު އަޅަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. މި ވަގުތު އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިނިސްޓަރު އަމީންގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މި ތަންތަނުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
މި މައްސަލާގައި ފުލުހުންގެ މައްޗަށް 'ސިޔާސީ' ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް އެތައް ރެއެއް ވަންދެން މާލެ މަގުމަތީ ޒުވާނުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
ތަފާތުކުރުމުގެ ސަގާފަތާ ދެކޮޅަށް އަޑުއުފުލަމުން ގެންދިއުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 3ގައި އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
8 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
24 މާރިޗު 2025
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މާރިޗު 2025
0