މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއު.ޓީ.އޭ) ގައި، ރާއްޖެއަށް ޖެހިޖެހިގެން 6 ވަނަ ފަހަރަށް 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ އެވޯޑު ލިބިއްޖެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ މާހިރުންނާއި، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން އާންމު ފަރާތްތަކުގެ ވޯޓުން ކަނޑައަޅާ އެވޯޑެކެވެ. ރާއްޖެއަށް މި އެވޯޑު ލިބެން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. ޖެހިޖެހިގެން ހަ ފަހަރު މި އެވޯޑު ރާއްޖެއަށް ލިބުމަކީ، ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދައްކުވައިދޭ ކަމެކެވެ.
މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ވަނީ އިތުރު އެވޯޑެއް ވެސް ލިބިފައެވެ. އެއީ 'ވޯލްޑް ލީޑިންގް ގްރީން ޑެސްޓިނޭޝަން' ގެ އެވޯޑެވެ. މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ދެވޭ ސަމާލުކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ އެވޯޑެކެވެ.
ވޯލްޑް ލީޑިންގް ސީޕްލޭއިން އޮޕަރޭޓާ ޓްރާންސް މޯލްޑިވިއަން ( ޓީއެމްއޭ)އަށް ލިބިފައިވެ އެވެ.
ރާއްޖޭގެ އެމެރެލްޑް ރިސޯޓަށް ލީޑިންގް ވޯޓަރ ވިލާ އެވޯޑް ވެސް ލިބުނެވެ.
އަދި ވޯލްޑް ލީޑިންގެ ލަގްޒަރީ ޕްރައިވެޓް އައިލެން އެވޯޑް ވޯލްޑް އޮފް އެސްޓޯރިއާ ލިބިފައިވޭއެވެ.
މި ކާމިޔާބީތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ހިތްވަރެއް ލިބި، ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
މި އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކުގެ ފެންވަރު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވޭ ކަމުގެ ހެއްކެކެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2