ވޯޓަކާ ނުލާ ޕީއެންސީއަށް 28 ގޮނޑި، އެމްޑީޕީއަށް އެންމެ ގޮނޑިއެއް

Vote akaa nulaa PNC ah 28 gondi, MDP ah enme gondi eh

ހަބަރު

އަންނަ 4 އޭޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުކުރަން ޖެހޭ އަދަދަށް އެކަނި ކުރިމަތިލައިގެން، ވެރިކަންކުރާ ޕީއެންސީއަށް 28 ގޮނޑި ކަށަވަރުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ވޯޓަކާ ނުލާ އިންތިހާބުވި ފަރާތްތައް އާންމުކޮށްފަ އެވެ. 

ޕީއެންސީއަށް 28 ގޮނޑި ލިބިފައިވާއިރު އިދިކޮޅު އެމްޑީޕީއަށް އިންތިހާބަކާ ނުލާ ލިބެނީ އެންމެ ގޮނޑިއެކެވެ. އަދާލަތު ޕާޓީއަށް ވެސް ގޮނޑިއެއް ލިބެ އެވެ. އަމިއްލަ ތިން މީހަކު ވެސް ވޯޓަކާ ނުލާ ކުރިމަތިލި ގޮނޑި ކާމިޔާބުކުރި އެވެ.

ޕީއެންސީން ވޯޓަކާ ނުލާ ކާމިޔާބުކުރި ގޮނޑިތަކާ އެކު މެޖޯރިޓީ ކަށަވަރުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުތީމު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދިއްދޫ، ވ. ފެލިދޫ، ތ. ވިލުފުށި އަދި ލ. މުންޑޫ އެވެ.

އޭގެ ތެރެއިން މުންޑޫގެ ހުރިހާ ގޮނޑިއެއް ވަނީ ޕީއެންސީން ކާމިޔާބުކޮށްފަ އެވެ. ވިލުފުށީގެ ވެސް 5 ގޮނޑީގެ ތެރެއިން ރައީސްގެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފަ އެވެ.

ޕީއެންސީން ކާމިޔާބުކޮށްފައިވާ ގޮނޑިތައް:

  1. ހއ. ތުރާކުނު ކައުންސިލްގެ މެންބަރު އިސްމާއީލް ޝަފީއު، ނިޔަދުރުމާގެ/ ހއ. ތުރާކުނު
  2. ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު، ލަކީކޯނާ/ހއ. އުތީމު
  3. ހއ. އުތީމު އަންހެން ކައުންސިލްގެ މެންބަރު އާޒިމާ އަބްދުއްސަމަދު، މުސްތަރީގެ/ހއ. އުތީމު
  4. ހއ. ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް، ގޯލްޑަންހައުސް/ހއ. ބާރަށް
  5. ރ. ފައިނު ކައުންސިލްގެ އަންހެން މެންބަރު އާމިނަތު ސިޒްނާ، ތާޖުމަހަލް/ރ. ފައިނު
  6. ރ. ކިނޮޅަސް ކައުންސިލްގެ އަންހެން މެންބަރު މައުރޫފާ މޫސާ، ފިނިފެންމާގެ/ރ. ކިނޮޅަސް
  7. ބ. ދޮންފަނު ކައުންސިލްގެ މެންބަރު އަބްދުﷲ އަހްސަން، އާވާޒް/ބ. ދޮންފަނު
  8. ބ. އޭދަފުށި ކައުންސިލްގެ އަންހެން މެންބަރު ނާޒްނީޒާ ޔޫސުފް، ސީޓްމާގެ/ބ. އޭދަފުށި
  9. ބ. އޭދަފުށި ކައުންސިލްގެ އަންހެން މެންބަރު ޒީމާ އިބްރާހީމް، އަމާޒު/ބ. އޭދަފުށި
  10. ކ. ގުޅި ކައުންސިލްގެ މެންބަރު އަލީ ރަޝީދު، މެރިންކޯނާ/ކ. ގުޅި
  11. އއ. ހިމަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަކްރަމް އަހްމަދު، ބިއުޓީ/އއ. ހިމަންދޫ
  12. އއ. ހިމަންދޫ ކައުންސިލްގެ އަންހެން މެންބަރު އާމިނަތު ސަރާ މުހައްމަދު އަޒީޒް، އަސްރަފީގެ/އއ. ހިމަންދޫ
  13. އދ. ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ، ރޯޝަނީގެ/އދ. ކުނބުރުދޫ
  14. އދ. ކުނބުރުދޫ ކައުންސިލްގެ މެންބަރު އިބްރާހީމް ނަހްޝަލް، ގުލްހަޒާރުމާގެ/އދ. ކުނބުރުދޫ
  15. އދ. މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު، ރަތްވިލާގެ/އދ. މަންދޫ
  16. އދ. ދިއްދޫ ކައުންސިލްގެ ރައީސް އަނީސް މުހައްމަދު، މިޒަމާން/އދ. ދިއްދޫ
  17. އދ. ދިއްދޫ ކައުންސިލްގެ އަންހެން މެންބަރު އުއްމުހާނީ ހުސައިން، ސައްދާމުވިލާ/އދ. ދިއްދޫ
  18. ވ. ފުލިދޫ ކައުންސިލްގެ މެންބަރު ހުސައިން ޝަބީން، ގުލްޗަމްޕާގެ/ވ. ފުލިދޫ
  19. ވ. ފެލިދޫ ކައުންސިލްގެ އަންހެން މެންބަރު އާމިނަތު ސުނީޒާ، އޯކިޑްމާގެ/ވ. ފެލިދޫ
  20. ވ. ފެލިދޫ ކައުންސިލްގެ މެންބަރު މޫސާ ޔާމީން، ކަނީރުމާގެ/ވ. ފެލިދޫ
  21. މ. ރަތްމަންދޫ ކައުންސިލްގެ މެންބަރު ހުސައިން ހަލީލް، ހަނދުވަރީގެ/މ. ރަތްމަންދޫ
  22. ތ. ވިލުފުށި ކައުންސިލްގެ އަންހެން މެންބަރު އާމިނަތު މަލްދާ، ކޮތަބިރިގެ/ތ. ވިލުފުށި
  23. ތ. ވިލުފުށި ކައުންސިލްގެ އަންހެން މެންބަރު ހައްވާ ޝުރުފާ، ބީޗްހެވަން/ތ. ވިލުފުށި
  24. ތ. ވިލުފުށި ކައުންސިލްގެ މެންބަރު އަބްދުﷲ ޝިރުހާން، ބުރުނު/ތ. ވިލުފުށި
  25. ތ. ވިލުފުށި ކައުންސިލްގެ މެންބަރު އަބްދުﷲ ޝަހާއު، މިނިވަންއައްސޭރި/ތ. ވިލުފުށި
  26. ލ. މުންޑޫ ކައުންސިލްގެ ރައީސް އާދަމް ނާސިފް، ޓިއުލިޕް/ލ. މުންޑޫ
  27. ލ. މުންޑޫ ކައުންސިލްގެ އަންހެން މެންބަރު ފާތިމަތު ސާޖިދާ، ނަލަހިޔާގެ/ލ. މުންޑޫ
  28. ލ. މުންޑޫ ކައުންސިލްގެ މެންބަރު އަލީ ޝަފާއު، އާހިޔާ/ލ. މުންޑޫ

އެހެން ޕާޓީތަކުންނާއި އަމިއްލަ ކެންޑިޑޭޓުން ކަށަވަރުކުރި ގޮނޑިތައް:

  1. ށ. މަރޮށި ކައުންސިލްގެ އަންހެން މެންބަރު ނުހާ އަލީ ޒާހިރު، އޯޒޯން/ށ. މަރޮށި (އަމިއްލަ ކެންޑިޑޭޓެއް)
  2. ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު ހަސަން ޝުއައިބް، ވިނަވި/ރ. ކިނޮޅަސް (އަދާލަތު ޕާޓީ)
  3. އއ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް، ނޫވިލާގެ/އއ. ބޮޑުފުޅަދޫ (އެމްޑީޕީ)
  4. އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޔާސިރު، ބްލޫސްޓާ/އދ. ހަންޏާމީދޫ (އަމިއްލަ ކެންޑިޑޭޓެއް)
  5. ލ. ކަލައިދޫ ކައުންސިލްގެ އަންހެން މެންބަރު އާމިނަތު ނަދީފާ، ހެޕީރޯޒް/ލ. ކަލައިދޫ (އަމިއްލަ ކެންޑިޑޭޓެއް)

އަންހެނުންގެ ކޮމިޓީތަކުން ވެސް ޕީއެންސީއަށް ވޯޓަކާ ނުލާ 41 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީއަށް ލިބުނީ 5 ގޮނޑި އެވެ. އަދާލަތު ޕާޓީއަށް މި ކޮމިޓީތަކުން ވޯޓަކާ ނުލާ ލިބުނީ އެންމެ ގޮނޑިއެކެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2