ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
އިއްޔެ ހެނދުނު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ގ. ހިޔާރޯދި ގޭގައި ގަސްތުގައި ރޯކޮށްލިކަމަށް ބެލެވޭނެ ހެކިތަކެއް ފެންމަތިވެއްޖެއެވެ.
ބައެއް މީޑިއާތަކަށް އެ ގޭގެ ސީސީޓީވީ ފުޓޭޖް ލިބިފައިވާއިރު، އޭގެން ފެންނަ ގޮތުގައި ގ. ހިޔާރޯދި ގޭގައި ރޯވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝައްކު ކުރެވޭ ފަދަ މީހަކު އެގެއަށް ވަދެއެވެ. އަދި އެ ގޭގައި ރޯވެ، ދުން އަރަން ފަށާފައިވަނީ އޭނާ އެގެއަށް ވަދެ އިރުކޮޅެއް ވުމަށްފަހު އެ ގެއިން ނުކުމެގެން ދާފަހުން ކަމަށްވުމުން، އެ ގޭގައި ރޯވީ އޭނާ ކުރި ކަމެއްގެ ސަބަބުންކަމަށް، ނުވަތަ އޭނާ ގަސްތުގައި ރޯކޮށްލީކަމަށް އެ ގޭގެ ބައެއް މީހުންނާއި، އެ ސަރަޙައްދުގައި ދިރިއުޅޭ އެހެން ފަރާތްތަކުން ވެސް ވަނީ ތުޙުމަތުކޮށްފައެވެ.
އެ ގޭގެ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ގެއަކީ މީހުން އުޅޭ ގެއެއް ނޫނެވެ. އަދި ހުހަށް ހުރުމުގެ ސަބަބުން އެއީ މިހާރު ކަރަންޓުގެ ޚިދުމަތް ވެސް ކަނޑާލާފައިވާ ގެއެކެވެ. ހިޔާރޯދިގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގެ ހުސްކޮށް، ސާފުކުރުމަށް ބިދޭސީ މަސައްކަތްތެރިންތަކެއް އެ ގޭގެ ދެވަނަ ފަންގިފިލާގައި އުޅެނިކޮށެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޝައްކު ކުރެވޭ މީހާ ސައިކަލެއްގައި އެ ގެ ހުންނަ ގޯޅިއަށް ގޮސް ސައިކަލު ޕާކުކުރުމަށްފަހު އެ ގެއަށް ވަދެއެވެ. އަދި އޭގެ ހަތް މިނެޓެއްހާއިރު ފަހުން އޭނާ އެ ގެއިން ނުކުމެގެން ގޮސް ސައިކަލަށް އަރައިގެން އެ ސަރަޙައްދުން ދިއުމުގެ ކުރިން ފަސްއެނބުރި އެ ޢިމާރާތަށް ބަލާކަން ވެސް ފާހަގަވެއެވެ.
އެ ސަރަޙައްދުން މަޢުލޫމާތުދިން މީހުން ބުނިގޮތުގައި ގޭގެ ދެވަނަ ފަންގިފިލާގައި މަސައްކަތުގައި އުޅުނު ބިދޭސީންނަށް އޭނާ އެ ގޭގެ ތެރެއިން ފެނިފައި ނުވުމުން، ކަށަވަރުވަނީ އޭނާ އެރީ ގޭގެ ފުރަތަމަ ފަންގިފިލާއަށް ކަމެވެ. ގެއަށް ވަތް މީހާ ނުކުމެގެން ދިޔަތާ ހިނދުކޮޅެއްގެ ތެރޭގައި ފުރަތަމަ ދުންއަރަން ފަށާފައިވަނީ ވެސް ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.
އަލިފާންގަނޑު ފެތުރުމުގެ ކުރިން ދެވަނަ ފަންގިފިލާގައި ތިބި މަސައްކަތްތެރީން ގެއިން ނުކުމެފައިވަނީ މަގުމަތީގައި ތިބި މަސައްކަތްތެރީން ބަޔަކަށް ދުން ފެނިގެން އެމީހުން ގޮވުމުންނެވެ.
ގ. ހިޔާރޯދީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ގަޑިއިރެއްހާއިރު ހޭދަވިއިރު، މި ޙާދިސާގައި އެ ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ޙާދިސާ ތަޙުޤީޤު ކުރަމުންނެވެ.
0%
0%
0%
0%
0%
7 މާރިޗު 2026
0
7 މާރިޗު 2026
0
5 މާރިޗު 2026
0
5 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2