ހަނިމާދޫ އާއި އައްޑޫ އަށް ޗާޓާ ޓުއާ އޮޕަރޭޓާސް ހޯދައިދޭން އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ގޮވާލައިފި އެވެ.
ފިރާގު ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ބުނީ، އާ އެއާޕޯޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދައިން ނުހިނގާނެ ކަމަށެވެ.
އެތަންތަނަށް ބޭނުންވަނީ ތަފާތު ގޮތެއް ކަމަށާއި، އެތަންތަން ކުރިއަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ސިނާއަތުގެ ބައިވެރިންނާއި، ސަރުކާރާއި، މުހިންމު ސްޓޭކްހޯލްޑަރުންނާވެސް އެކު ކަމަށެވެ.
''އަޅުގަނޑުމެންނަށް ބޭނުންވަނީ، ގަން، ހަނިމާދޫ، އަދި މާފަރުގައި ރޫމް ކެޕޭސިޓީ ފުރިހަމަ ކުރެވޭ އިތުބާރު ހުރި ޗާޓާޓުއާ އޮޕަރޭޓަރުންނެވެ'' ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް ދިއުމަށް އޮތް މަގަކީ ފުރަތަމަ ރިސްކް ނަގަން ތައްޔާރަށް ތިބި އޮޕަރޭޓަރުންނަށް، ޑިސްކައުންޓް ޕެކޭޖްތައް ހުށަހެޅުން ކަމަށެވެ. އަދި ޗާޓަރު ޕާޓްނަރުންނަށް އާ މާކެޓްތައް ހުޅުވައި، އުތުރާއި ދެކުނު ސަރަހައްދުތަކަށް ފަސިންޖަރުން ނަށް ފަސޭހައިން ދަތުރު ކުރުމަށް އެހީތެރިވެދެވިދާނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު، އެ މޮޑެލް ވާންޖެހޭނީ ފުރިހަމަ، އިންޓަގްރޭޓެޑް ސޮލިއުޝަނަކަށް- ފްލައިޓްތަކާއި، އެކޮމޮޑޭޝަންތަކާއި، ގްރައުންޑް ސާވިސްތަކާއި، ޑެސްޓިނޭޝަން މާކެޓިން އެއްކޮށްލައިގެންނެވެ. އޮޕަރޭޝަންތައް ދެމެހެއްޓުމަށް ބޭނުންވާ އަގުތަކައި އެކު ކުރިއެރުން އުފެދިގެންދާނީ ހަމައެކަނި ރަނގަޅު ޕަކޭޖުތަކެއް އުފައްދައިގެން ކަމަށް ވިދާޅުވި އެވެ.
ޝެޑިއުލް އެއާލައިންތައް އައުމަށް އަދިވަގުތުންގާނެ ކަމަށާއި، ނަމަވެސް ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ރާއޖޭގެ އެކި ޒޯންތަކަށް އަންނަ ފަސިންޖަރުން ޕްރޮފައިލްކޮށް ހެދުމަކީ އެއާލައިންތަކަށް ވާނެ ކަމެއް ނޫން ކަމަށާއި އަދިއެފަދަ ފަތުރުވެރިން ވަކި އެއާޕޯޓަކަށް ގެނައުމަށް މަސައްކަތް ކުރުވުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށް ފިރާގު ވިދާޅުވި އެވެ. .
0%
0%
0%
0%
0%
4 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2