އަންގާރަ - 8 އެޕްރީލު 2025
ވިޒިޓް މޯލްޑިވްސްއިން ލިވަޕޫލް އެފްސީ ޕާޓްނާޝިޕް އިސްތިހާރުކުރުމުގެ ގޮތުން އައުޓްޑޯ ކެމްޕެއިންތަކެއް ފަށަން ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއާއި ލިވަޕޫލް އެފްސީއާ ގުޅިގެން ރާއްޖޭގެ ބްރޭންޑަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް އޮތް ފެސްޓިވް ސީޒަނަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އައުޓްޑޯ ކެމްޕެއިނަކީ މި ހަރަކާތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ބުންޏެވެ.
މި ކެމްޕެއިންގައި ތަފާތު ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭއިރު އޭގެތެރޭގައި ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ހާއްސަ ހަރަކާތްތަކުގެ އިތުރުން އިންޓަރެކްޓިވް ފޭން ޒޯން ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތަކާއި، އެހެނިހެން އެންގޭޖިންގް ހަރަކާތްތައް ރޭވިފައި ވާކަަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މިގޮތުން އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިންޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިސްތިހާރު ބޭނުންކޮށްގެން ކުރިއަށްގެންދާ މި މާކެޓިން ހަރަކާތަކީ ތިން މަސްދުވަހަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. އަދި މި ކެމްޕެއިންގެ މަގްސަދަކީ ލިވަޕޫލް އެފްސީގެ މަގްބޫލުކަމުގެ ބޭނުންހިފައި ގިނަ ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެެވެ.
ކެމްޕެއިންގެ ދަށުން 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާކަަމަށާއި، އަންޑަގްރައުންޑްގައި އިސްތިހާރުކޮށް ބޮޑެތި އެއަޕޯޓްތަކާއި، ބިސްނަސް ކްލާސް ލައުންޖްތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހަމަޖެހިފައިވާކަަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިންގެ ޒަރިއްޔާއިން ގާތްގަނޑަކަށް 78 މިލިއަން ޓާގެޓެޑް އޯޑިއަންސަކާއި ހަމައަށް ފޯރާނެއެވެ. އަދި އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
މީގެ އިތުރުންވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވަނީ އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕާއި، މެދުއިރުމަށްޗާއި، އިންޑިއާ، އަދި ޗައިނާ ފަދަ ގައުމުތަކުގައި ލިވަޕޫލް އެފްސީ ސްޕޯޓްސް ކްްލަބްތަކާއިއެކު އޮފިޝަލުން ހިމަނައިގެން ޓާގެޓް ކޭމްޕްތަކެއް ހިންގުމަށް ރާވަމުން އަންނަކަމަށެވެ. ސަތޭކަ ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސްޕޯޓްސް ކްލަބްގައި ހިމެނޭއިރު މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްޕޯސާއެއް ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ލިވަޕޫލް އެފްސީއާއެކު މި ކުރިއަށްގެންދާ ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއްލައްކައަށްވުރެ ގިން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭ ކަމަށާއި، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 200 މިލިއަން ޑޮލަރު ލިބޭނެކެމަށް ލަފާކުރެވޭކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މި ކެމްޕެއިންގައި ޖުމްލަ 2.5 މިލިއަން ޑޮލަރުުގެ އިންވެސްޓްމެންޓެއް ކުރާއިރު، އަހަރަކު އިނީޝީއަލް އިންވެސްޓްމެންޓަށްވުރެން 20 ގުނަ އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
0%
0%
0%
0%
0%
57 މިނަޓް ކުރި
0
14 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ދުވަސް ކުރި

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0