ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވާތިވެ ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ސަފީރު މަސްއޫދު އިމާދު ނުރުހުން ފާޅުކުރައްވައިފިއެވެ.
މަސްއޫދު ވިދާޅުވީ ދިވެހިން ވިސާ ހޯދުމަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިގު ކިޔޫގައި މަޑުކުރަން މަޖުބޫރުވާ ކަމަށެވެ. އަދި ދިވެހިންގެ ހަމު ކުލައަށް ބަލައި ލަންކާއިން ދިވެހިންނާ މެދު ތަފާތުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު އެނގެން ބޭނުންވޭ ލަންކާ ގައި މެހެމާނުންނަށް ވަނީ ހަމުގެ ކުލަ ދޮން މީހުންތޯ'' ދިވެހި ދަރިވަރުންނާއި ބެލެނިވެރިން ވަކިވަކިން ވިސާއަށް އެދި ހުށަހަޅާއިރު، އެ ޑިޕާޓްމެންޓުގައި އެތައް ގަޑިއިރެއް ވަންދެން މަޑުކުރަން ޖެހޭ ކަމަށް އިމާދު ވިދާޅުވި އެވެ.
އެއާ ހިލާފަށް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް އެދުމުން އެއްވެސް އުނދަގުލެއް ނެތި ވަގުތުން ވިސާ ދޫކުރާކަން އިމާދު ފާހަގަކުރި އެވެ.
މަސްއޫދު ތުހުމަތުކުރި ގޮތުގައި ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް އެދި ހުށަހެޅުމުން ޑިޕާޓްމަންޓްގެ އޮފިޝަލުންނަށް މާލީ އިނާޔަތްތައް ލިބެއެވެ "ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް އެދި ހުށަހަޅާއިރު ދިވެހިން އިތުރު ފީއެއް ދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހިން ތައުލީމާއި ސިއްހީ ހިދުމަތް ހޯދައި، ދިވެހިންގެ އެންމެ ގާތް އެއް ގައުމަށްވާއިރު އަދި ލަންކާގެ އެމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލުން ދިވެހިންނާ މެދު އިހާނަތްތެރިކޮށް ކަންކަން ކުރާ ކަމަށެވެ.
ސަފީރު ވިދާޅުވީ ލަންކާ އިން ދިވެހިންނާ މެދު އެގޮތަށް ކަންކަން ކުރާނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތު ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.
''މި ގޮތަށް ކަންކަންވާނަމަ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތު އަލުން މުރާޖައާކޮށް ހަރުކަށި ކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެގެންދާނެ'' ލަންކާއަށް ބޭސްފަރުވާ އަށް ތަޢުލީމީ އަދި ފަތުރުވެރިކަމުގެ ބޭނުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު 8،000 އިން 1500 އަށް ދަށްވެފައިވާކަން ފާހަގަކޮށް ސަފީރު ވިދާޅުވީ ރާއްޖޭގެ ގިނަ ދަރިވަރުންނަށް ދެކުނު އިންޑިޔާގައި ތައުލީމީ ފުރުސަތުތައް މާބޮޑަށް ފަހިވެފައިވާ ކަމަށެވެ.
"ދެކުނު އިންޑިއާ އިން ދަރިވަރުންނަށް ރަނގަޅު ތައުލީމީ ވަސީލަތްތަކާއި ސްކޮލަޝިޕްތައް ފޯރުކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
0%
0%
0%
0%
0%
19 ގަޑިއިރު ކުރި
0
23 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2