ދަތުރުފަތުރުގެ ވަޒީރު އަމީން ރައްޔިތުންގެ މަޖިލީހުގައި ـ ފޮޓޯ: މަޖިލީސް
ދަތުރުފަތުރުގެ ވަޒީރު މުހައްމަދު އަމީނަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަށް މިއަދު މަޖިލީސް މެންބަރުންގެ ވޯޓަކުން ނިންމައިފި އެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ.
އެއީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އަމީނަށް އިތުބާރު އޮތް ކަމަށް ފާސްކުރަނީ 54 މެންބަރެއްގެ ވޯޓުންނެވެ. އިތުބާރު ނެތް ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. 93 މެންބަރުންގެ މަޖިލީހުން ވޯޓުގައި ބައިވެރިވީ 65 މެންބަރެކެވެ.
އަމީން ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރަނީ ޔުމްނު ވެއްޓުނު ހާދިސާ ހިނގި ގޭގެ ކުރިން އެ ރޭ މެންދަމު 12:15 ހާއިރު މއ. މާންދޫގޭދެކުނުގެއަށް ދިއުމުން އެކަމާ ގުޅުވަ އެވެ.
އެއީ ވަޒީރު އަމީންގެ އާއިލީ ގެ އެވެ. ޔުމްނު ގޮސް އުޅުނު އެޕާޓްމަންޓަކީ އަމީންގެ އާއިލީ ގެއަކަށް ވި ނަމަވެސް ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އާއިލާގެ މީހަކު ކުރާ ކަމެއްގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހާއްސަވަނީ އެ ގޭގައި އަޅުގަނޑު ނުވަތަ އަޅުގަނޑުގެ އާއިލާ ދިރިއުޅޭ ބައިތައް؛ ދެން ހިމެނެނީ އެ އިމާރާތުގައި ދިއިރުޅޭ އެންމެން ބޭނުން ކުރާ ތަންތަން. އެއީ ކޮމަން އޭރިއާ," އަމީން މިއަދު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވިދާޅުވި އެވެ.
ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުން ބޭއްވި ދުވަހު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ގުޅުއްވި ކަމަށް އެއްބަސްވެ ވަޑައިގަތެވެ. ނަމަވެސް ގުޅުއްވީ އެ ގޭގެ އެއްވެސް ތަނެއް ބަލައިފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމާއި ތަހުގީގަށް އެއްބާރުލުން ލިބޭނޭ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވަޒީރު އަމީންގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މި ތަންތަނުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
މި މައްސަލާގައި ފުލުހުންގެ މައްޗަށް 'ސިޔާސީ' ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ކޮންމެ ރެއަކުހެން މާލެ މަގުމަތީ ޒުވާނުން ގެންދަނީ މުޒާހަރާކުރަމުންނެވެ. ތަފާތުކުރުމުގެ ސަގާފަތާ ދެކޮޅަށް އަޑުއުފުލަމުން ގެންދިއުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 3ގައި އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0