މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ބާއްވާ "އޯޕަން ޑޭ2026 " ފަށަައިގެން ކުރިއަށް އެބަދެ އެވެ.
މިނިސްޓްރީން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިއިވެންޓު ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00އަށް ކަމަށެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ވަޒީފާގެ ފުރުސަތުތަކާއި އަދި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ އެވެ.
މި އިވެންޓުގައި މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ލައިބްރަރީ، އެންސީބީ، ގައުމީ އަރުޝީފް، ނެޝަނަލް ސެންޓަރ ފޯ ދަ އާރޓްސް (އެންސީއޭ)ގެ ސްޓޯލް ވަނީ ހުޅުވާފަ އެވެ.
މީގެ އިތުރުން މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ކަމަށްވާ އެންޖީއޯ ޑިޕާޓްމަންޓް، ޔޫތު ހެލްތު އެންޑް ވެލްބިއިން އަދި ޔޫތު އެމްޕަވާމެންޓް ޑިޕާޓްމަންޓްގެ ސްޓޯލްތައް ވެސް ވަނީ ހުޅުވާފަ އެވެ.
މިގޮތުން ނެޝަނަލް ލައިބްރަރީގެ ސްޓޯލްގައި ހުޅުވިފައިވާ ވަޒީފާތަކުގެ ފުރުސަތުތަކުގެ މައުލޫމާތާއި ލައިބްރަރީން ދޭ ހިދުމަތްތަކުގެ މައުލޫމާތުގެ އިތުރުން ތަފާތު ގޭމްސްތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންސީއޭގެ ސްޓޯލްއިން ލައިވް ކަރޯރޭ، ކުރެހުން، އާޓިސްޓިކް ޑައިރެކްޓްރީގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދި ލައިވްކޮށް މިއުޒިން އިންސްޓްރުމެންޓް ޕާފޯމްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން ޔޫތު ޑިޕާޓްމަންޓް ސްޓޯލްއިން ޑިޕާޓްމެންޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލުމާތު ލިބިގެންދާއިރު ޔޫތު ހެލްތު އެންޑް ވެލްބިއިންގެ ސްޓޯލްއިން ހެލްތު ސްރީނިންގެ ހިދުމަތް ލިބިގެންދާނެ އެވެ.
އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.
މި އިވެންޓުގައި ލައިވް ޕަފޯމަންސް ވެސް ކުރިއަށްދާނެ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2