އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމާއެކު ހުޅުދޫ އަދި މީދޫ އަށް ތަފާތުކުރުން ނިމުމަކަށް އައީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ހުޅުދޫ އަދީ މީދޫ އިން އައްޑޫ ކައުންސިލުން ވަކިވާން ނިންމާފައިވާއިރު، އެ ދެ ރަށުގައި ވަކި ދެ ރަށު ކައުންސިލް އުފެއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނިންމަވާފައިވެ އެވެ.
ހުޅުދޫ އަދީ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ރަށްރަށުގައި އެއް ރަށާއި އަނެއް ރަށާއި ދެމެދު ތަފާތުކޮށްފައި އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރަން ކަމަށެވެ.
''އެގޮތުން މިއަދާ ހަމަޔަށް މި ދެ އަހަރު ތެރޭގައި ހުންނާނެ މިގޮތަށް ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި އެހެން ސަރަހައްދުތަކުގައި މިހެން ހުރި ތަފާތުކުރުން ނައްތާލަން ސިޔާސަތުތައް ކަނޑައަޅާފައި ތަންފީޒުކުރަން ފަށާފައި... އެ އުސޫލު ތިބޭފުޅޫންނަށްވެސް ބޭނުންވާނީ'' ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުދޫ އަދި މީދޫ ހިމެނެހޭން އައްޑޫގެ ރައްޔިތުންނަށް ހަމަހަމައަށް ތަރައްގީ ޔަގީންވާވަރަށް މި ސަރުކާރުން ކަންކަން ކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހުޅުދު އާއި މީދޫ ވެސް ބޭނުންވާ ތަރައްގީ އާއި ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުނީ ކަމަށާއި އެކަމަކުގައި ސަރުކާރުގެ ފަރާތުން ކޮށް ދޭން ޖެހޭ ކޮންމެ ކަމެއް ކޮށް ދެއްވާނެކަމުގެ ކަމަށެވެ.
އަދި ވިދާޅުވީ ކުރިން ވެސް ވެވަޑައިފައިވާ ވައުދާ އެއްގޮތަށް ހުޅުދޫ އާއި މީދު އަށް ބޭނުންވާ ކަންކަން އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވަން އިސްކަން ދެއްވާނެ ކަމަށެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2