މާލެ ސަރަހައްދުގެ ވައި ނުސާފުވެ، ވައިގެ ފެންވަރު ދަށްވަމުންދާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށާއި ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އަޒީމް އިލްތިމާސްކޮށްފި އެވެ.
އާޒިމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައިވެސް މި ދުވަސްވަރަކީ މާލެ ސަރަހައްދުގެ ވައި ނުސާފުވާ ދުވަސްވަރެއް ނަމަވެސް، މި އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވައިގެ ނުސާފުކަން ކުރީ އަހަރުތަކަށްވުރެ ބޮޑަށް ވަނީ އިތުރުވެފައި ކަމަށެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ސަރަހައްދުގައި ދުންފިނި ބޯވެ، ވައި ނުސާފުވުމުގެ ސަބަބުން ސަމާލުވުމަށް އެލާޓް ނެރެފަ އެވެ.
މޭޔަރު އެކްސް ގައި މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި، ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅުއްވާފައިވެ އެވެ.
މޭޔަރު ވިދާޅުވީ، "ސިއްހީ މާހިރުން އިރުޝާދު ދެއްވާފައިވާ ފަދައިން ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. މިހާރު ވައި ނުސާފުވެފައިވާ މިންވަރަށް ބަލައި، ބޭރަށް ނިކުންނަވާއިރު މާސްކު އެޅުއްވުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމެ މަޑުކޮށްލެއްވުމަށް އިލްތިމާސްކުރަން،" ކަމަށެވެ.
މީގެ އިތުރުން، ވައި ނުސާފުވުމުގެ ސަބަބުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށް ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން، ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދެއްވައި، އަމިއްލަ ސިއްހަތަށް އިސްކަންދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2