މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ހުއްދަކުރަން ނުޖެހޭ ކަމަށާއި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ފަތުރަނީ މާނަ އޮޅުވާލައިގެން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގެ ރަސްމިއްޔާތެއްގައި ނަޝީދު ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ހޮޓާތަކުގައި ވިއްކަންޖެހޭ ކަމަށެވެ. އެކަމަކު އެއީ ސީދާ ރަލާއި އޫރުމަސް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ. އެކަމަކު އެއީ ރަލާއި އޫރުމަސް ކަމަށް ބުނެ ނަޝީދަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވީ ސާފު ބަހުން ދެއްކެވި ވާހަކަފުޅު، ކަނޑައެޅިގެން އިދިފުށަށް، ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން ފަތުރަނީ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ މީހުންނަށް ގެއްލުންދޭން މަސައްކަތްކުރުން ކަމަށާއި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
Dhahkaa vaahaka, saafu saadhaa, mah dhivehi bahun dhahkaa iruves, kanda elhigen idhifushah, dhogu maanayaai tharujamaa eejaadhu kohgen, meesmeehunnah gehlundheyn ulhey kamee kanboduvun huri, nurakkaatheri kameh. Resort faharugai libey, ehenas meehun dhiri ulhey rahrashugai… — Mohamed Nasheed (@MohamedNasheed) December 23, 2025
ރަށްރަށުގައި ހުންނަ ފަތުރުވެރިކަމުގެ ހޮޓާތަކުން ނުލިބޭ ހަމައެކަނި ތަކެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށާއި، ބައެއް އެހެން ހިދުމަތްތައް ނުލިބޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުން ވަނީ މިއަދު ބުނެފަ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2