އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި އެވެ.
ރިޓަޔާކުރައްވަން އެދިވަޑައިގެން އުއްތަމަ ފަނޑިޔާރުގެ ސިޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަނީ ފޮނުއްވައިފަ އެވެ. ޝަރަފުވެރިކަމާއެކު ރަސްމީކޮށް ރިޓަޔާކުރައްވާނީ ޖޭއެސްސީން ރިޓަޔަމަންޓް ގަބޫލުކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުއުތަސިމް ފުރަތަމަ އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގަ އެވެ. ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި މުއުތަސިމް ހިމެނިވަޑައިގަންނަވަ އެވެ.
މުއުތަސިމަށް ފަނޑިޔާރުކަން ފުރަތަމަ ގެއްލުނީ ހަތް ފަނޑިޔާރުންގެ ބެންޗަކުން ފަސް ފަނޑިޔާރުންގެ ބެންޗަކަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގާނޫނަށް 2014 ވަނަ އަހަރު ގެނައި އިސްލާހަކުންނެވެ.
މުއުތަސިމް އަނބުރާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ކުރީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކުރުމަށް ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރި މަސައްކަތުގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ގޮތުގަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގަ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅަކީ ވެސް މުއުތަސިމް އަދުނާނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ތިއްބެވީ ވެސް ސަސްޕެންޝަނުގަ އެވެ. ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ކުރިއަށް ދަނިކޮށް ސަސްޕެންޑްކުރީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0