ކުޅިވަރު ވުޒާރާ އިން ދޭ ސްޕޯޓްސް އެވޯޑްސްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޯމިނޭޓްވުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަދި މި ސަރުކާރުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހުލޫފް އުމަރުގެ ދިފާއުގަި ވާހަކަ ދައްކަވައިފި އެވެ.
އުމައިރު ނޮމިނޭޓް ވަނީ ޒުވާން ކުޅުންތެރިޔާގެ އެވޯޑަށެވެ. އޭނާގެ ނަން ހިމެނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުންތެރިއެއް ގޮތަށެވެ.
އުމައިރު މިފަހުން ނިއު ރޭޑިއަންޓް އާ ގުޅެ ފުޓުބޯޅަ ކެރިއަރު ވެސް ފަށާފައިވެ އެވެ. އޭގެ ކުރިން ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އައިސް ކުލުނު އެކުވެރިކަމުގެ މެޗުގައި ރައީސް މުއިއްޒުގެ ޓީމަށް އުމައިރު ކުޅުނެވެ.
އުމައިރުގެ ދިފާއުގައި މަހްލޫފް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށެވެ. ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫން ކަމަށާއި އެންމެ ކުޑައިރުންފެށިގެން އުމައިރު ކުރާ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
''2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ. އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެކެވެ. ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހެއެވެ'' މަހުލޫފް ވިދާޅުވި އެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2