ޓޫރިޒަމް ޓްރަސްޓް ފަންޑު އުފައްދަން ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފި

Tourism Trust Fund Ufahdhan Hushaelhi Bill Majileehun Faaskohfi

ރައްޔިތުންގެ މަޖިލީހުގެ އިދާރާ--- ފޮޓޯ: މަޖިލިސް

ހަބަރު

މާލިއްޔަތު ގާނޫނުގެ ދަށުން ގާއިމްކޮށް ހިނގަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު އުވާލައި، ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފައިވެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑު އުފައްދަން ހުށަހެޅި އިސްލާހު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި މައްސަލަ ފާސްވީ، ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ބަލައިނުގަތުމަށް ހަތް މެންބަރަކު ވޯޓު ދިނެވެ. 

ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައިވާގޮތުން، ކައުންސިލްތަކުގެ އިހްތިސާސްތަކުގައި ހިމެނޭ ފަޅުރަށްތަކާ ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުއްވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ގާނޫނުގައި ކުރިން އޮތް ގޮތަށް ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާ އެއްގޮތަށް އެ ރަށެއްގެ ޓޫރިޒަމް ބޭނުމަށް ތަރައްގީކުރެވޭނެ ބިން ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންކަމަށް އިސްލާހުގައިވެއެވެ.

އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ. އޭނާ ހުށަހެޅުއްވި އިސްލާހަކީ ކްރޮސް ސަބްސިޓީގެ ގޮތުގައި ރިސޯޓް ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމުގެ އުސޫލާ އެ ތަނެއް ހެދުމަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލު އިސްލާހުކޮށް ރީޑިވަލޮޕްމެންޓް ތަންތަން ބަންދުކުރުމުގެ އުސޫލު ކަނޑއަޅައި ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށެވެ. 

އެ އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން ރީޑިވަލޮޕް ކުރުމާ ބަންދުކުރުމާ ގުޅޭ މާއްދާ ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައި ވާގޮތުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދުކުރެވޭނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެކުލަވާލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހުކުރުމަށްފަހުއެވެ. ރީޑިވަލޮޕް މަސައްކަތް އެއްބަސްވުމުގައިވާ މުއްދަތަށް ނުނިމިއްޖެނަމަ ފިޔަވަޅު އެޅުމަށްވެސް އިސްލާހުގައިވެއެވެ. އަދި އިސްލާހު ބާތިލިކުރުމަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. 

ޓޫރިޒަމް ޓްރަސްޓު ފަންޑު އުފެއްދުމާއެކު ފަތުރުވެރިކަމުގެ ވުޒާރާ އާއި މާލީ ވުޒާރާގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ތަމްސީލުކުރެވޭގޮތުގެ މަތިން ޓްރަސްޓް ފަންޑް ހިންގާ ކޮމިޓީއެއް އެކުލަވާލަންޖެހޭނެ ކަމަށާއި ކޮމެޓީ އެކުލަވާލެވިގެންވާގޮތާ ހިންގުމުގެ އުސޫލުތައްވެސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންޖެހޭނެކަމަށްވެސް އިސްލާހުގައިވެއެވެ.  

ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާވާނީ ފަތުރުވެރިކަމުގެ ވުޒާރާއިން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސާޝިޕް ފައިސާއެވެ. އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ޖަމާކުރާ ފައިސާއާއި އިންވެސްޓްމެންޓްތަކުން ލިބޭ ފައިސާއެވެ. މީގެ އިތުރުންވެސް ވުޒާރާއިން ހަދާ ގަވާއިދުގައި ކަނޑައަޅާ އޭ ނޫން ފައިސާވެސް ހިމެނިގެންދާނެއެވެ. 

   

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2