ހުޅުމާލޭގައި ހިންގާ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް، އެތަނުގެ މުވައްޒަފަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަން ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކް އެނެކްސް ގައެވެ. އަދި މި ހާދިސާ ހިނގާފައިވާ ސީސީޓީވީ ފުޓޭޖްގެ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އެތަނުގެ ތެރަޕިސްޓަކު ކަތުރަކުން އަނިޔާކުރާ މަންޒަރު ސާފުކޮށް ފެނެއެވެ. އަދި އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯވެސް، އެ ކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، މިމަހުގެ 5 ވަނަ ދުވަހު، ހުޅުމާލޭގައި ހިންގާ ތެރަޕީ ކްލިނިކެއްގެ މުވައްޒަފަކު، އެތަނަށް ދިޔަ ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފިޒިއޯ ކްލިނިކުން ވެސް ވަނީ މިރޭ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިކަމުގައި ޝާމިލުވާ މުވައްޒަފާއި އެވަގުތު އެތަނުގައި ހުރި އެހެން މުވައްޒަފަކުވެސް މިހާރު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހަށް މި މައްސަލަ ޖައްސައި ސީސީޓީވީ ފުޓޭޖުވެސް ފޯރުކޮށްދީފައިވާނެ ކަމަށް ފިޒިއޯ ކްލިނިކުން ބުނެފައިވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0