ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުން މާލެތެރެއަށް ދޫވެގެން އުޅޭ މައްސަލާގައި ހައްލު ހޯދުމަށް އެ މީހުން އެއްފަރާތް ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށާއި ވައްކަން ގިނަވާ އިތުރު ސަބަބަކީ ވަގަށް ގެންދަން ފުރުސަތު ލިބޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މުދާ ބެހެއްޓުން ކަމަށް ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުންގެ ތެރެއިން ބައެއް މީހުން އަހަރުގެ މިހާތަނަށް ވެސް 1،012 ފަހަރު ހުއްޓުވައި ސުވާލު ކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި 128 ފަހަރު ހައްޔަރު ކޮށްފައިވާ މީހުންނާއި 580 ފަހަރު ހުއްޓުވައި ސުވާލުކޮށް 55 ފަހަރު ހައްޔަރު ކޮށްފައިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޕްރެސް ގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ކުށްކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ގިނަ އަދަދެއްގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
"އެ ފަރާތްތަކަށް ކުރެވިގެން ހައްޔަރު ކުރެވޭ ދުވަހަކުން އަޅުގަނޑުމެންނަށް މީގެ ނަތީޖާ ފެނިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރަނީ،" ޝަރީފު ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު އިން އެއްފަރާތްކުރަން ކުރާ މަސައްކަތާ ބެހޭ ގޮތުން، އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ނަތީޖާ ހަ މަސް ތެރޭގައި ފެންނާނެ އެވެ
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2