އަންގާރަ - 8 އެޕްރީލު 2025
ދިވެހި ގައުމީ ޓީމުގެ ހަލަތު ބަދަލުވެއްޖެކަމަށާއި، މިހާރު ޓީމަށް ފިލިޕީންސް ބަލި ކުރެވިދާނެކަމަށް ގަބޫލުކުރާކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިއަދު ފިލިޕީންސާ ދެކޮޅަށް ދިވެހި ޓީމުން ކުޅޭ މެޗުގެ ކުރިން ދިން ޕްރީ މެޗު ޕްރެސްގައި ވާހަކަދައްކަމުން ސުޒޭން ބުނީ އެންމެ ފަހުން ފިލިޕީންސްއާ ދެކޮޅަށް ކުޅުނީ މީގެ ހަތަރު އަހަރު ކުރިން ކަމަށެވެ.
2021 ގައި ވޯލްޑްކަޕް ކޮލިފައިންގައި އެކުވެރި އަރަބި އިމާރާތުގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ސުޒޭން ބުނީ އެ މެޗުގައި ފިލިޕީންސް ރާއްޖެއަށް މާވަރުގަދަކަމަށެވެ. އެހެންނަމަވެސް މި ހަތަރު އަހަރުގެ ތެރޭގައި ޓީމު ވަރަށް ބޮޑަށް ބަދަލުވެ، ކުރިއެެރުންތަކެއް އައިސްފައިވާކަމަށެވެ.
“އެ މެޗުގައި ފިލިޕީންސް ފެނުނީ މާ އަހަރުމެންނަށް ވަރުގަދަކޮށް. އެހެންނަމަވެސް އަހަރުމެން ގަބޫލުކުރަނީ އަހަރުމެންގެ ހާލަތު ބަދަލުވެ، އަހަރުމެންނަށް ކުރިއެރުންތަކެއް ލިބިއްޖެކަމަށް” ސުޒޭން ބުންޏެވެ.
އެ ޕްރެސްގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ބުނީ ރާއްޖެ ކުރިއަށް ދާކަމުގައި ވަނީނަމަ ފިލިޕީންސް ބަލިކުރަން ޖެހޭކަމަށެވެ.
ފިލިޕީންސް މެޗަކީ ކޮލިފިކޭޝަންގައި ކުޅޭ ފުރަތަމަ މެޗުކަމުން އެ މެޗުން މޮޅުވެއްޖެނަމަ ކުރިއަށް ހުރި މެޗުތަކަށް ފަސޭހަވާނެކަމަށް ވެސް އައިސަމް ބުންޏެވެ.
ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު ނިއު ކްލާކް ސްޓޭޑިއަމްގައި ފަށާނީ ރާއްޖެ ގަޑިން މިއަދު 16:00 ގައެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފިލިޕީންސްއާއެކު ދެން އެ ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާނާއި، އީސްޓް ޓިމޯއާއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ދުވަސް ކުރި
0

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0