ކުރިއަށް ކްރީއެޓާ : މުހައްމަދު ނާއިލް ހުސެއިން
މާލޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް 2027 ކޮލިފައަރ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ އާޓިފިޝަލް ބީޗްގައި "ފޯރިގަ ދަނޑު" ގެ ނަމުގައި ހިންގާ ޚާއްސަ ހަރަކާތެއް ތެރެއިންނެވެ.
މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ގައެވެ. މި ހަރަކާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޢުލޫމާތު ދެއެވެ.
އެފްއޭއެމްއިން ހާމަކުރި ގޮތުގައި ސިޑިބަރީގެ ޓިކެޓް އަގަކީ 50 ރުފިޔާ އެވެ. އަދި ގޮނޑިބަރީގެ ޓިކެޓް އަގަކީ 100 ރުފިޔާ އެވެ.
ރާއްޖޭގެ ޤައުމީ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ޓީމާ ދެމެދު ކުޅޭ މެޗަކީ އޭޝިއަން ކަޕް 2027 ގެ ކޮލިފައިންގ ބުރުގެ ދެވަނަ ލެގްގެ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 15:30ގައި ގަލޮޅު ދަނޑުގައެވެ.
ފުރަތަމަ ލެގްގައި ތަޖިކިސްތާނުގައި ކުޅުނު މެޗުގައި ރާއްްޖެ ވަނީ 2-0 އިން ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ ރާއްޖޭގެ ޤައުމީ ޓީމަށް ވަރަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ.
މި މެޗުގެ ޓިކެޓް ވިއްކުމުގެ އިތުރު ތަފްސީލު "ފޯރިގަ ދަނޑު" ހަރަކާތުގައި ހާމަކުރާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. އަދި މި ހަރަކާތުގައި ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެފްއޭއެމްއިން މަޢުލޫމާތު ދެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2