ރައީސް މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
"ރައީސްގެ ޖަވާބު" ސިލްސިލާ މެދުކެނޑުމަށްފަހު އަލުން ފަށަން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދެު މުއިއްޒު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށްޓަކައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރައީސް އޮފީހުގެ މީޑިއާ ޓީމުން ސިލްސިލާ ޕްރޮގްރާމެއް ހިންގަންފެށިއެވެ.
މި ޕްރޮގްރާމްގެ ދަށުން ރައްޔިތުންނަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް ފުރުސަތު ހުޅުވައިލިއެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ.
ހުޅުވައިލެވުނު ފުރުސަތުގެ ދަށުން ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ ސުވާލަށް ޖަވާބުދެއްވުން ކުރިއަށް ގެންދިޔައެވެ.
ވީޑިއޯ ސުވާލު ހުށައެޅުމުގެ ސިލްސިލާގެ އެންމެ ފަހު ވީޑިއޯއެއް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.
ރައީސަށް ސުވާލު ހުހެއެޅުމުގެ ފުރުސަތު މެދުކެނޑުމަށްފަހު އަނެއްކާވެސް ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިކަމަށް ރައީސް އޮފީހުން މިއަދު ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސް އޮފީހުގެ މީޑިއާ ޓީމުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުހެއެޅުމުގެ ފުތުސަތު ދިނުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާ ގުޅިގެން ރައީސްއާ ސުވާލު ކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާކަމަށެވެ.
އެހެންވެ މި ފަހަރު ހުޅުވައިލެވުނު ފުރުސަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ރައީސަށް ސުވާލު ހުށަހެޅޭނެގޮތަށް ފެށި ފުރުސަތެއްކަމަށް ރައީސް އޮފީހުން ބުންޔެވެ.
މިފަހަރު ރައީސް އޮފީހުގެ މީޑިއާ ޓީމުން މިވަނީ "ރައްޔިތުންގެ އަޑު" ނަމުގައި ޕޯޓަލްއެއް ހުޅުވައިލައިފައެވެ. މި ޕޯޓަލްގައި ހިމެނޭ މެއިލް އެޑްރެސް މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ސުވާލު ހުހެއެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ "ރައްޔިތުންގެ އަޑު" ޕޯޓަލްގެ ސަބަބުން ކޮންމެ ވަގުތަކު ރައީސަށް ހުށައަޅަން ބޭނުންވާ ކޮންމެ ސުވާލެއްވެސް ވަގުތުން ހުށަހެޅޭނެކަމަށެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0