އަހުމަދު އުޝާމް އަހާ ފޯރަމުގައި - ފޮޓޯ: ރައީސް އޮފީސް
ސުޕްރީމް ކޯޓަށް މިސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައަށް އޭނާއާއި ސަރުކާރުން ނުފޫޒު ފޯރުވާކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކަށް، މިރޭގެ "އަހާ" ފޯރަމްގައި ރައްދު ދެއްވަމުންނެވެ.
އެގޮތުން ބަންޑާރަ ނައިބު ވިދާޅުވީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އޭނާ ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ފޮނުވާފައިވާ މެސެޖުތަކާއި، ރައީސް ބައްދަލުކުރައްވައި ދައްކަވާފައިވާ ވާހަކަތަކުން، ހަގީގަތުގައި ނުފޫޒު ފޯރުވަނީ ސުއޫދުކަން ހާމަވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓަށާއި ޖުޑިޝަރީއަށް ވެސް ނުފޫޒު ފޯރުވީ ސުއޫދުކަން އެނގޭ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
"ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،" ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް އިންނަވާ އުޝާމް ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާއަށް އުޝާމް އިންޒާރު ދިންކަމަށް ބުނެ ކޮށްފައިވާ ތުހުމަތަށް ވެސް އުޝާމް ވަނީ މިރޭ ރައްދު ދެއްވާފައެވެ. އެގޮތުން އެއީ ވެސް ހަގީގަތެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އަޒްމިރަލްދާ އިޝާރާތް ކުރެއްވި ކަމެއް ހިނގީ ފަނޑިޔާރުންގެ ދުސްތޫރީ މައްސަލައެއް ބަލަން ފެށުމުގެ ކުރިން ކަމުގައިވެސް ބަންޑާރަނައިބު ފާހަގަ ކުރެއްވިއެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކަށް މި ފަހުން މަޖިލީހުން އިތުރު ހާލަތްތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު 26ގަ އެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރަނީ އެކަމާ ގުޅުވަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0