ރައީސް ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ 3ވަނަ އެޕިސޯޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގް، އަދި މެތަމެޓިކްސް(ސްޓެމް)ގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރު ކޮންމެސް ސަބަބަކާއިހުރެ ވަނީ މަދުވެފައިކަމަށެވެ. އެކަން ފާހަގަވެގެން ދިޔައީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިން އާއި ފިނޭންސް ކިޔަވާ ކުދިންނާ ކަމުގައިވާތީކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ސްޓެމް ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކަށް ބޭރުން މީހުން ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ޑަކްޓަރުންނާއި، އިންޖިނިއަރުން ގިނައިން ގެންނަންޖެހެނީ ބޭރުންކަމަށް ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންޖިނިއަރުންނާއި ކުއަންޓެޓީ ސަރވެޔަރުން އެކަށީގެންވާ މިންވަރަށް ރާއްޖެއިން ނުލިބޭކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސްޓެމްގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ލޯނު ސްކީމުގައި އެކަމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެކަމަށެވެ. އަދި އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިންނަށް ވަޒީފާ ދިނުމުގައި އިސްކަންދީ ރަނގަޅު މުސާރަ ދިނުމަށް އިސްކަމެއް ދެއްވާނެކަމަށެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
10 އެޕްރީލު 2025
0
10 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0