އެންމެ ފަހުން ބޭއްވި ސްޕޯޓްސް އެވޯޑް އާއި އެމްއެމްސީގެ އެވޯޑުގައި ވެސް އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑު އައްޒާމް ހިފަހައްޓައިގެން -
ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ ނޮމިނޭޝަންގައި އައްޒާމް އަލިފުޅުގެ ނަން ނެތުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އައްޒާމަކީ ކުޅިވަރު ރިޕޯޓްކުރުމުގައި އެންމެ ކުޅަދާނެ އެއް ދިވެހި ނޫސްވެރިޔާ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ވެސް ކުޅިވަރުގެ ދާއިރާއިން އެންމެ ގިނަ އެވޯޑު ހޯދާފައިވަނީ އައްޒާމެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ވެސް ހޯދާފައިވެ އެވެ.
ނަމަވެސް މި ފަހަރުގެ ނޮމިނޭޝަންގައި އޭނާ ނެތެވެ. އޭނާ ނެތް އިރު ނޮމިނޭޝަންގައި ހިމެނެނީ އެންމެ ދެ ނޫސްވެރިންނެވެ.
ކުޅިވަރު އަދި ތާރީހީ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ ފީޗާ އެވޯޑު އެންމެ ގިނައިން ކާމިޔާބުކުރި މުހައްމަދު ހަމްދޫން ބުނީ ރާއްޖޭގެ ކުޅިވަރުގެ ސީން ކުޑަކޮށް އެނގޭ މީހަކަށް ވެސް އައްޒާމް އެނގޭނޭ ކަމަށެވެ. އަދި އައްޒާމްގެ ނަން ނޮމިނޭޝަންގައި ހިމެނެން ޖެހޭ ކަން އެންމެނަށްހެން އެއްބަަސްވެވޭނޭ ކަމަށް ހަމްދޫން ބުންޏެވެ.
"އޭނާ ނޮމިނޭޝަންގައި ނުހިމަނާ އޮތަތީ ވެސް އެވޯޑުގެ ނޮމިނޭޝަނަލް ޕްރޮސެސްގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ ލިބޭ," މިހާރު ނޫހުގެ ތަޖުރިބާކާރު ނޫސްވެރިޔާ ހަމްދޫން ލިޔެފައިވެ އެވެ.
މުހައްމަދު ޝަރީފް ވެސް ބުނީ އައްޒާމްގެ ނަން ނެތި އެންމެ މޮޅު ކުޅިވަރު ނޫސްވެރިންގެ ލިސްޓެއް ނޯންނާނެ ކަމަށާއި އެފަދަ ލިސްޓަކީ ފުރިހަމަ ނުވާ ލިސްޓެއް ކަމަށެވެ.
"އެވޯޑުގެ ޖަޖިން ޕްރޮސެސްގެ ނަޒާހަތްތެރިކަމާއި ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް މިއީ. ބުރަ މަސައްކަތާއި ޕެޝަން ބަލައިނުގަނެ މި ދެވެނީ ވަރަށް ގޯސް މެސެޖެއް," އޭނާ ލިޔެފައިވެ އެވެ.
'އަދަދު' ނޫހުން ސަރުކާރުގެ ވަޒީފާއަކަށް ބަދަލުވެފައިވާ އަހުމަދު އާއިދު ވެސް ބުނީ މި ޖީލުގެ އެންމެ މޮޅު ދިވެހި ކުޅިވަރު ނޫސްވެރިޔަކީ އައްޒާމް ކަމަށާއި އޭނާގެ ނަން ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިހާރު ނޫހުގެ ޒުވާން ކުޅިވަރު ނޫސްވެރިޔާ ޒަޔާން ޒާހިރު ސުވާލު އުފެއްދީ އައްޒާމްގެ ނަން ނެތީ އޭނާ އަދަދު ނޫހުގައި މަސައްކަތްކުރާތީ ހެއްޔެވެ؟
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ އެވޯޑެއްގައި އައްޒާމްގެ ނަން ނެތް އިރު އަދަދު ނޫހަކީ މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ ނޫހެވެ.
މިހާރު ނޫހުގެ ފޮޓޯ ޖާނަލިސްޓް ނިޝާން އަލީ (ހަސޯ) ވެސް ބުނީ ތިންވަނަ ނޫސްވެރިއެއްގެ ނަން މަދުވާ ކަމާއި އެއީ އައްޒާމް ކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އައްޒާމްގެ މަސައްކަތް ނުފެންނަނީ މިނިސްޓްރީއަށް އެކަނި ކަމަށް ވެސް ނިޝާން ބުންޏެވެ.
"ކޮންމެ ވެސް ވަރެއްގެ ލަދެއް ވެސް ބަހައްޓައިގެން އެވޯޑު ދެވޭނީ," ކޮންމެ ސަރުކާރެއްގެ ވެސް ބޭއިންސާފުތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާ ނިޝާން ބުންޏެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
3 ފެބުރުވަރީ 2026
0
1 ފެބުރުވަރީ 2026
0
24 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2