ނޫސްވެރިޔާ އައްޒާމު/ ފޮޓޯ: އަދަދު
ސްޕޯޓްސް އެވޯޑްސް ދިނުމުގައި ޓްރާންސްޕޭރެންސީ އެއް ނެތް ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އައްޒާމު އަޅިފުޅު ބުނެފި އެވެ.
ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ ނޮމިނޭޝަންގައި އައްޒާމް އަލިފުޅުގެ ނަން ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.
އެވޯޑުގައި އޭނާގެ ނަން ނެތުމުގެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި އައްޒާމު ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ސްޕޯޓްސް ޖާނަލިސްޓްގެ އެވޯޑަށް ނޮމިނޭޓްވެ، ދެ ފަހަރެއްގެ މަތިން އޭނާ އަށް އެވޯޑް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ މި ފަހަރުގެ އެވޯޑު ހަފްލާގައި ބައިވެރި ނުވާން ނިންމީ ކަމަށާއި، މައިގަނޑު ސަބަބަކީ، އެވޯޑު ދިނުމުގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ޖަޖިން ކޮމިޓީގެ އިވެލުއޭޝަން ޕްރޮސެސް ސާފުނުވުން ކަމަށެވެ.
އައްޒާމު ބުނީ އުއްމީދު ކުރަމުން އައި ކޮންމެ އަހަރަކުވެސް މިހާރަށްވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަށް އެވޯޑު ދިނުން ކުރިއަށް ދިޔުން ކަމަށެވެ.
''އެކަމާ ގުޅިގެން އަޅުގަނޑުގެ ހުރި ބައެއް ކަންބޮޑުވުންތައް މީގެ ކުރިން ވެސް އެސޯސިއޭޝަންތަކަށް ހިއްސާކޮށްފައިވީ ނަމަވެސް، އެކަމެއް ބަދަލެއް ނުވޭ" އައްޒާމު ނެރުނު ބަޔާނުގައި ބުންޏެވެ.
ދެފުށް ފެންނަ ގޮތަށް އެވޯޑު ދީފައިނުވާތީ މީގެ ކުރިން އެވޯޑުތަކާއި މެޑަލްތައް ހޯދި ގިނަ އެތުލީޓުން މި ފަހަރުގެ ހަފްލާގައި ބައިވެރިނުވާކަން އެނގިފައިވާ ކަމަށާއި އެގޮތުން ބައެއް އެތްލީޓުން އެމީހުންގެ ވިސްނުން އޭނާއާ ހިއްސާކުރި ކަމަށް އައްޒާމު ބުންޏެވެ.
ނަމަވެސް ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމާއި ކުރިމަގު ކުރިއެރުވުމަށްޓަކައި މި މައްސަލަތަކަށް ފާޅުގައި ހައްލު ހޯދަން ޖެހޭ ކަމަށް އައްޒާމު ބުންޏެވެ.
''މިއީ އެއްވެސް ގޮތަކަށް ސިޔާސީ ވާހަކައެއް ނޫން، މިއީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު އިތުރަށް ހަރުދަނާކޮށް އެތުލީޓުންނާއި ކޯޗުންގެ އަޅުގަނޑުގެ ކަންބޮޑުވުންތައް ހާމަކުރުމަށް ކުރާ މަސައްކަތެއް'' ބަޔާން ނިންމާލަމުން އޭނާ ބުންޏެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2