ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރު ކުރުމަށް ޓަކައި "އެގްޒެކެޓިވް ޑިވެލޮޕްމަންޓް" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ޕްރޮގްރާމް 2027 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމަކީ ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އޮފީސް (ޕީއޭއޯ)ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕާފޯމަންސް މެނޭޖްމަންޓް (ޕީއޭޕީއެމް) ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއަދު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގަ އެވެ. އަދި ފުރަތަމަ ސެޝަން ކުރިއަށް ގެންދެވީ އަފީފް ޙުސެއިން އެވެ.
ރައީސް އޮފީހުން ބުނީ އަފީފުގެ މައުޟޫއު ޚާއްސަ ކުރައްވާފައިވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ސަގާފަތެއްގެ ތެރެއިން ގައުމުގެ ތަސައްވުރު ބަދަލުކުރުމުގެ މައްޗަށް ކަމަށެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރު ކުރުމަށް ޓަކައި ފެށި މި ޙާއްސަ ޕްރޮގްރާމުގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލި ޕްރޮގްރާމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0