ކުޅުދުއްފުށި މަށި މާލި ޕެރޭޑް ތެރެއިން/ ފޮޓޯ: އައި ވެލް
ކޮންމެ ބޮޑު އީދެއްގެ ދެވަނަ ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަށި މާލި ޕެރޭޑަކީ އަބަދުވެސް އެތައް ބައެއްގެ ލޯތައް އަމާޒުވާ ޕެރޭޑެކެވެ. އެ ޕެރޭޑަށް ކޮންމެ ވެސް ވަރަކަށް ފާޑުކިޔުން އަމާޒު ވިޔަސް ތައުރީފު ލިބޭލެއް މާ ބޮޑެވެ.
މި މަށި މާލި ޕެރޭޑް ކުރިއަށް ގެންދާނީ ރަށުގެ ބޮޑު މަގުގެ އުތުރުން ދެކުނަށް ގޮސް ދެކުނުން އުތުރަށެވެ. މި ޕެރޭޑަށް މަށި މާލި ކިޔަނީ މަށި ކުޅިން މަށި ހާކައިގެން ތިބޭ މާލިތަކެއް ކުރީ ސަފުގައި ތިބޭތީއެވެ. ކޮންމެ އަހަރު ވެސް އެންމެ ހިނގާ ކަންކަމަށް މާލީގެ އިތުރުން ފުޅަނދު މި ޕެރޭޑުގައި ނެރެއެވެ. މި ޕެރޭޑަށް އާންމުންގެ ލޯތައް އަމާޒުވަނީ މިހެންވެގެންނެވެ.
މި އަހަރު ވެސް މި ޕެރޭޑުން ފެނިގެން ދިޔަ ފުޅަނދާއި މާލިތަކުން ސިޔާސީ ސަމާސާތަކުން އާންމުން ހެއްވާލިއެވެ.
މި ފަހަރުގެ ޕެރޭޑުން އެންމެ ފާހަގަކޮށްލެވުނު އެއް ފުޅަނދުގެ ތެރޭގައި "ބުޅާ ސިޑި" ވާނެއެވެ. މި ފުޅަނދުގެ ތިރީގައި 'ކޮންމެ ބުޅަލަކަށް ދުވަހަކު 1000 ރުފިޔާ' ލިޔެފައިވެއެވެ. މި ފުޅަނދުން ދައްކުވައިދެނީ އެނިމަލް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އިން ގެ ބެލުމުގެ ދަށުގައިވާ ކޮންމެ ބުޅަލަކަށް ކުރާ ހަރަދު ބޮޑު ކަމެވެ.
މި ފަހުން މީސްމީޑިޔާގައި ދެކެވުނު އެއް ވާހަކަ އަކީ އޯޑަރު ނުލިބޭ ވާހަކައެވެ. ނުވަތަ ނުލިބި ލަސްވާ ވާހަކައެވެ. މިކަން ވެސް ހެއްވާ މަޖާކޮށް ދައްކުވައިދޭ ގޮތަށް ފުޅަދުތަކެއް ހަދާފައިވެއެވެ. މޯލްޑިވްސް ޕޯސްޓް ސިފަކޮށްދިނުމަށް ގާޑިޔާއެއްގައި މޯލްޑިވްސް ޕޯސްޓް ޖަހާފައިވާ ބެނާއެއް ހަރުކޮށް އެ ގާޑިޔާގެ މަތީގައި ގޯނިތަކަކާއި ފޮށިތަކެއް ބަހައްޓާފައިވެއެވެ. އަދި އެ ގާޑިޔާހިފައިގެން ހުރި މާލީގެ އަތުގައި ''މަގޭ އޯޑަރު ކޮބައި" ފިލައެެއްގައި ލިޔެ ވަކޮޅަކުން ކަރުގައި އަޅުވާލާފައިވެ އެވެ.
"ހުސް ގޮނޑި" ފުޅަނދަކީ ވެސް ފާހަގަކޮށްލެވޭ ފުޅަނދެކެވެ. މި ފުޅަނދަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހުސްގޮނޑިއެއް ދައްކައިގެން ބުނާ ބުނުމަށް ނިސްބަތްކޮށް ހަދާފައިވާ ފުޅަދެކެވެ. މި ފުޅަނދުގައި ފިޔާތޮށި ކުލައިގެ ގޮނޑި އެއްގައި ހުސްގޮޑި ޖަހާފައިވާއިރު އޭގެ ފަހަތުގައި ފްލެޓްތަކެއް ހުރެއެވެ. އެ ރަމްޒުކޮށްދެނީ 10,000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ކުޅުދުއްފުށީގައި ރައީސް އަޅުއްވާނެ ކަމަށް ވައުދުވި 2000 ފްލެޓެވެ. އެ ފްލެޓް ތަކުގެ މަތީގައި ވައުދު 2000 ޖަހާފައި ވެސް ވެއެވެ.
ހުސް ގޮނޑި ފުޅަނދު/ ފޮޓޯ: އައި ވެލް
މީގެ އިތުރުން ދެން ފާހަގަކޮށްލެވޭ މާލި އަދި ފުޅަނދުތައް ހުއްޓެވެ. އޭގެ ތެރޭގައި ފޭކް ޕްރިންސް، ޕްރިންސް ފްރޮމް ޓެމޫ، މިކީ މިދަނީ..، ޅެންފޮތް، ބެންކޮކް އާސަނދަ، ރަސްމާލެ ގުނބޯ ޓަނަލް ހިމެނެއެވެ.
ކޮންމެ އަހަރުވެސް ކުޅުދުއްފުށީ މަށިމާލި ޕެރޭޑް މީހުން ހެއްވާލައެވެ. މިފަހަރުވެސް ކުޅުދުއްފުށީ މަށިމާލި ޕެރޭޑު މީހުން ހެއްވާލައިފިއެވެ.
0%
0%
0%
0%
0%
16 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0