ހެލްތް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ދިވެހި ސަރުކާރުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލިޔުމުން، އެ މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ފާޑުކިޔުންތައް ބޮޑުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މުޅިން އަލަށް 9 ރަށެއްގައި ގައިނަކޮލޮޖިސްޓުންގެ ހިދުމަތް ދޭން ފަށައިފަައިކަން ހާމަކޮށް މިނިސްޓްރީން ކުރި ޕޯސްޓަކުންނެވެ.
އެ ޕޯސްޓު ރީ-ޓްވީޓްކޮށް، ދިވެހި ބަހާއި ތާރިހު ދިރާސާކުރާ ނާޖިހު ދީދީ ބުނީ، ރާއްޖޭގައި މިހާރު ހިނގަމުންދަނީ ރަސްކަމެއް ނޫން ކަމަށެވެ.
''މިތާ މިއޮތީކީ ރަސްކަމެއް ނޫން! އިނގިރޭސީން "ހިޒް މެޖެސްޓީސް ގަވަރމަންޓް" އޭ ކިޔާ ގޮތަށް މިތާކު ނުކިޔޭނެ! މިތާ ކިޔާނީ ދިވެހި ސަރުކާރު ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރު'' ނާޖިހު ބުންޏެވެ.
ދިވެހި ސަރުކާރުގެ ވުޒާރާއަކުން މިކިޔަނީ "ޑރ. މުޢިއްޒުގެ ސަރުކާރު"!!! ޑރ. މުޢިއްޒުގެ ސަރުކާރޭ ކިޔާ ސަރުކާރެއް ނޯވޭ! މިތާ މިއޮތީކީ ރަސްކަމެއް ނޫން! އިނގިރޭސީން "ހިޒް މެޖެސްޓީސް ގަވަރމަންޓް" އޭ ކިޔާ ގޮތަށް މިތާކު ނުކިޔޭނެ! މިތާ ކިޔާނީ ދިވެހި ސަރުކާރު ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރު! https://t.co/W0EEMCEwIx — Dhivehi Archives by Naajih Didi (@NaajihDidi) February 24, 2026
ޑރ މުއިއްޒު ނުވަތަ އޭރު ހުންނަ ރައީސަކީ ރައްޔިތުން ހޮވާ ރައްޔިތުންގެ ޚާދިމެއް. މުޅި ސަރުކާރަކީ އެމީހެއްގެ އަމިއްލަ މުދަލެއް ނޫން ނަމާއި ގުޅުވައިގެން ސަރުކާރޭ ކިޔަން.
މީ ދިވެހި ރައްޔިތުންގެ ސަރުކާރު! https://t.co/DhgRyGUxYJ — Ahmed Looth shahid (@looth_shahid) February 24, 2026
އިތުރު މީހަކު ވަނީ ސަރުކާރަކީ ރައީސްގެ ހަރުމުދަލެއްތޯ ސުވާލު އުފައްދާފަ އެވެ. ''މުއިއްޒުގެ ސަރުކާރެކޭ ކިޔާ ސަރުކާރެއް ނޯވޭ'' އިތުރު މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
0%
0%
0%
0%
0%
12 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2