ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.
އެ ސްޓޫޑިއޯ އިން ދައްކާލާފައިވަނީ 10 ސިކުންތުގެ ކުރު ވީޑިއޯއެކެވެ. މި ވީޑިއޯ ފަށަނީ އަންހެނަކު "ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." މިހެން ބުނާ އަޑުންނެވެ. ދެން ފެންނަނީ ފުންނާބު އުސް ފައިވާނެއްގައި ހުރި އަންހެނަކު ވަރަށް ބާރަށް ފިޔަވަޅު އަޅާ މަންޒަރެވެ. އެ ފިޔަވަޅާއިއެކު ބިންމަތީގައިވާ ފަތްތައް ބުރަ ބުރައިގެން ދެ އެވެ. ފައި އެޅުމުގެ މަންޒަރުން ދެން ފޭޑު ވަނީ ބޮތްކެއްގެ އަލިކަމަށެވެ. އެ ބޮތްކަށް ދެ ތިކި ލޭ ޖަހާ މަންޒަރު ފެނެ އެވެ. އެއާއެކު މި އަހަރު ސިނަމާއަށް އަންނާނެކަން ލިޔުންކޮޅަކުން އިއުލާން ކުރެއެވެ.
މި ޓީޒާ ކުރު ނަމަވެސް ޓީޒާއިން ވަނީ އާންމުންގެ ޝައުގުވެރިކަން ކާމިޔާބުކަމާ އެކު ހޯދައިފައެވެ.
"ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." ގެ އަޑުގެ ވެރިޔާ އަކީ ކާކުކަން ކްރިއޭޓިވް ނެޓްވޯކުން ހާމަކޮށްފައި ނުވެއެވެ. އަޑުން ސާފުވާ ގޮތުގައި އެއީ ބަތަލާ އައިޝާ އަލީ އެވެ. އެހެންކަމުން ފިލްމުގެ ލީޑް ރޯލުން އޭނާ ފެނިދާނެ ކަމަށް އިޝާރާތް ކުރެވެއެވެ. ނަމަވެސް ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އަދި އޭނާގެ ބައިވެރިވުން ކަށަވަރުކޮށްދީފައި ނުވާއިރު، އެހެން ކާސްޓުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެ ސްޑޫޑިއޯ އިން އާންމުކޮށްފައިވާ ފުރަތަމަ ފެނިލުމުން މި ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް ނުލިބެއެވެ. އެގޮ ތުން ފިލްމަށް ކިޔާ ނަން އަދި ކޮން ޖޯންރާއެއްގެ ފިލްމެއްކަން ވެސް ސާފެއް ނުވެއެވެ.
ފިލްމާ ގުޅޭ ގިނަ ތަފުސީލުތަކެއް ނުދިން ނަމަވެސް ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯއިން ބުނެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0