ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން
މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެއް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޝަމްއާން ޝަރީއަތް ނިމެންދެއް ބަންދުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ ބިދޭސީ މީހާގެ އަތުން 500،000 ރުފިޔާ ހޯދި މައްސަލާގަ އެވެ. މިކަން ކޮށްފައި ވަނީ އިމިގްރޭޝަނުގައި މަސައްކަތް ކުރި އެހެން މުވައްޒަފުންތަކަކާ ވެސް ގުޅިގެން ކަމަށް ބުނެ އިތުރު ހަތަރު މުވައްޒަފަކު ވެސް ވަނީ ހައްުޔަރުކޮށްފަ އެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ޝަމްއާން ދިރިއުޅެމުން ދިޔަ އެޕާޓްމެންޓު ބަލައި ފާސްކޮށް، އެނާގެ އަނބިކަނބަލުންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
އެއީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެއްގެ ފައިސާ އެވެ. އަދި އެ ފައިސާ ހޯދާފައި ވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހުގައި ކަމަށާއި އެ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
0%
0%
0%
0%
0%
2 ގަޑިއިރު ކުރި
0
2 ގަޑިއިރު ކުރި
0
3 ގަޑިއިރު ކުރި
0
5 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
5 ދުވަސް ކުރި

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0