އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް ރާއްޖެއަށް ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ކަސްޓަމްސް ސާވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާން ކުރުމަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް ވަނީ އެކުލަވައިލާފަ އެވެ.
ކަސްޓަމުން އާއްމުކޮށްފައިވާ ފައިސާ ނުދައްކާ މީހުންގެ ލިސްޓުގައިވާ ގޮތުން މާހިލް ޝަހީމް 1.2 މިލިއަން ރުފިޔާ ކަސްޓަމަށް ދައްކަން ޖެހެ އެވެ. މި ފައިސާ އަކީ ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކުރި ޖޫރިމަނާ އެކެވެ. ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މާހިލް ހިފެހެއްޓީ މިދިޔަ އޯގަސްޓު މަހުގެ މެދު ތެރޭގަ އެވެ.
ވޭޕު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުމުން ރައީސަށް ލަފާ އަރުވަން ހަދާފައި އޮންނަ ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭނާ ޖޫރިމަނާ ކުރި ފައިސާ ނުދައްކަވާތީ، ކަސްޓަމްސް އިން އަދި ފިޔަވަޅެއް އަޅާފައެއް ނެތެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2