ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރުހުން ދޭން ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދު އިސްތިއުފާ ދެއްވީ ކޮރަޕްޝަން ކޮމިޝަނުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ މައްސަލަތަކެއް ބަލަމުން ދަނިކޮށެވެ.
ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގަ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ30 އޮކްޓޯބަރު 2023ގަ އެވެ. އޭގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ.
އައްޑު އަތޮޅު ހިތަދޫއަށް ނިސްބަތްވާ ޝަހީދު ވަނީ އެ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން، އަދި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ކަން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކު ހުންނެވީ ސަސްޕެންޝަނުގަ އެވެ. އެއީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް ކޮރަޕްޝަން ކޮމިޝަނުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ، ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ މުޅި ބެންޗުން ދުސްތޫރީ ބޮޑު މައްސަލައެއް ބަލަމުން ދަނިކޮށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކެއް ގާނޫނުއަސާސީއަށް މަޖިލީހުން އިތުރުކުރީ ގާނޫނުއަސާސީގެ އޮނިގަނޑާއި ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފަށް ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0