ކުޅުދުއްުފުށީގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ހުޅުވި ބިނާ/ ފޮޓޯ: ކުރިއަށް
ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަަނަ ދުވަހު ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ކުޅުދުއްފުށި ސިޓީގައި ގާއިމްކުރި ބިނާ މިއަދު ހުޅުވައިިފި އެވެ.
އެ ބިނާ ހުޅުވައިދިނީ ޝަހީދު ހުސެއިން އާދަމްގެ އާއިލާގެ ބޭފުޅުންގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ.
ބިނާ ހުޅުވައިދެމުން އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ބަތޮލުންގެ ރަށެއްގެ އިތުރުން ވަރުގަދަ ޝަހުސިއްޔަތުތަކެއް އުފައްދާފައިވާ ރަށެއް ކަމަށެވެ. ޝަހީދު ހުސެއިން އާދަމްގެ ބިނާ ހުޅުވުމުގެ މަގުސަދަކީވެސް އެއީކަން ފާހަގަކޮށް އާތިފް ވިދާޅުވީ ހުސެއިން އާދަމް އަކީ ކުޅުދުއްފުށީގެ ފަހުރު ކަމަށެވެ.
އަދި އެ ބިނާވެގެން ދާނީ ކުރިއަށް އޮތް ޖީލުތަކަށް ބަތޮލުންގެ ހަނދާންތައް އާކޮށްދޭނެ ބިނާއެއްގެ ގޮތުގައި ކަމަށް އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ އެ ބިނާ ފަރުމާކޮށްފައިވަނީ ކައުންސިލުގެ ކޮންސެޕްޓަކަށް ކަމަށެވެ.
ބިނާ ފަރުމާކޮށްފައިވަނީ ޝަހީދު ހުސެއިން އާދަމް ސިފައިންގެ ގޭޓުގައި ހުރެ ރައްދު ހަމަލާތައް ދިން އޭކޭ47 ގެ ބަޑި ރަމްޒުވާ ގޮތަށެވެ. އަދި ބިނާގެ ދެފަރާތުން ފެންނަ ފާރަކީ ހުސެއިން އާދަމް ހުރި ގޭޓުގެ ފާރުގެ ރަމްޒެކެވެ. އޭނާ ވިދާޅުވީ ބިނާގެ ކޮންސެޕްޓުގައި ސީދާ އެ ދުވަހު ފާރަށް ވަޒަން އެރި ޕެޓާންއާ އެއްގޮތްކުރުމަށް މަސައްކަތްކުރި ކަމަށެވެ.
އެ ބިނާގެ މަތިން ބަލައިލުމުން ރަމްޒު ވަނީ އައްޑަނައެއްގެ ސިފައިގަ އެވެ. އެއިން ދައްކުވައިދޭން ބޭނުންވަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ސިފައިން ތިބޭނެކަން ކަމަށް ރިލްވާން ވިދާޅުވި އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2