ފޮޓޯ: ސާފް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ލީގުގެ ފުރަތަމަ ތަށި ރާއްޖެ ފުޓްސަލް ގައުމީ ޓީމުން ކާމިޔާބުކޮށްފި އެވެ.
ތައިލެންޑްގައި ކުރިއަށް ދިޔަ ލީގު ރާއްޖޭން ކާމިޔާބުކުރީ ބާކީ އިތުރަށް މެޗެއް އޮއްވައި، ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް، 19 ލަނޑުގެ ފައިދާއަކުންނެވެ.
ރާއްޖެއާ އެހެން ޓީމުތަކާ ކައިރި ވެސް ނުކުރެވި، ލީގު ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއަދު ހަވީރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖޭން މޮޅުވި 3:1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަަމަ ލަނޑު ޖެހީ ބޫޓާން އިންނެވެ. މެޗުގެ ކުރީކޮޅު އެ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ޖާޒީ ނަންބަރު 8، ޗިކްމޭއިންނޭވެ.
މެޗުގެ ފުރަތަަމަ ހާފު ނިމެން ދަނިކޮށް ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބުކުރީ އަބްދުﷲ ޖުނައިދު، ޖާޒީ ނަންބަރު 12 އެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު ލިބުނު ހިލޭ ޖެހުމަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދިނީ އަހުމަދު ހަމީދު، ޖާޒީ ނަންބަރު ހަތަރެކެވެ.
ދެވަނަ ހާފުގެ ބޮޑު ބައި ރާއްޖެއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައިސް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން، ޖާޒީ ނަންބަރު 7 އެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
21 ޖަނަވަރީ 2026
0
30 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2