ސިއްހީ ވަޒީރު--
ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކުން ސިއްހީ ދާއިރާ އާއި އާންމު ބަލިތަކަށް ނުކުރައްވާހާ ބުރަ މަސައްކަތް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަ ސިއްހީ ވަޒީރު އަބްދުلله ނާޒިމް ވިދާޅުވެއްޖެއެވެ.
ސިއްހީ ދާއިރާއިން މި ސަރުކާރުން މިހައިތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތަކުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ނާޒިމް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ވެރިއަކު އަމިއްލަ އެކްސްގައި ރާއްޖޭގެ ސިއްހަތުގެ ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އަހާފައި ނުވާނެކަމަށެވެ.
މިފަދަ ކަމަކީ މިވީ ވިއްސަކަށް އަހަރު ދުވަސްތެރޭގައި ވެރިއަކު ނުކުރައްވާފަދަ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ކަމުން ފެނިގެންދަނީ އެކަމަށްޓަކައި ސަރުކާރުގެ ކޮމިޓްމެންޓް އޮތް ވަރުކަމަށެވެ. އަދި ރައްޔިތުންވެސް އެ ކަމަށް ކުރައްވާ ތަރުހީބުގެ ސަބަބުން މިއަދަށް ވުރެ މާދަމާ ކުރިއަށް ދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން ދަންނަންޖެހޭނެކަމަކީ މިހާ ބޮޑެތި ކަންކަން ކުރަން ވަގުތު ނަގާނެކަން ކަމަށެވެ. އާންމު ސިއްހަތާއި ގުޅޭގޮތުން ރައީސް މިއަދު ނެންގެވި ފިޔަވަޅުތަކަކީ ވަރަށް ދަތި ފިޔަވަޅުތަކެއް ކަމަށާއި އެކަން ދިވެހި ތާރީހުގައި ލިޔެވިގެން ދާނެކަމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތައް ޖީލަކަށް އެ ކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ދެވެން ފެށުނުތާ މިހާ ކުޑަ މުއްދަތެއްގައި 899 ދަތުރު ކުރެވި 1072 ބަލި މީހުން އުފުލާފައިވާކަމަށެވެ. އަދި ވިލިމާލޭގައި ދަތުގެ ފަރުވާގެ ނިޒާމް ގާއިމް ކުރެވިގެން ދިޔަކަަމަށާއި ބައެއް އަތޮޅުތަކުގެ ރައްތަކުގައިވެސް އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
މެޑިކަލް ޗެކަޕް ހެއްދުމުގެ މަސައްކަތް އާސަންދައިގެ ދަށުން ހިލޭ ދޭންފެށުމުގެ އިތުރުން، 24 ގަޑިއިރު ނެޝަނަލް މެންޓަލް ހެލްޕް ލައިނެއްވެސް ގާއިމްކުރެވިގެން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުންފަތުގެ މައްސަލައަށްވެސް މި ސަރުކާރުން ވަނީ ހައްލުތަކެއް ގެނެސްދެއްވައިފައިކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށާއި ބަލިވެއްޖެ ހާލަތެއްގައި ފަރުވާގެ ނިޒާމް ލުއިފަސޭހަގޮތެއްގައި ހަމަޖެހިފައި އޮތުމަކީ ކޮންމެ ގައުމަކަށް ބޭނުންތެރިކަމެއް ކަމަށެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
10 އެޕްރީލު 2025
0
10 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0